އިތުރު އެމްޑީއަކު ވަކިކޮށްފި؛ މިފަހަރު އެގްރޯނެޓް

ރިޔާސީ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށްފަހު، ސަރުކާރު ކުންފުނިތަކުގެ ވެރިންގެ ތެރެއިން ދެވަނައަށް އެގްރޯނެޓްގެ މޭނޭޖިން ޑިރެެކްޓަރު (އެމްޑީ) ހުސައިން ދީދީ ދެންމެ ވަކިކޮށްފި އެވެ.
ވީ ކިހިނެއް؟ -  އިންތިހާބުގެ ނަތީޖާއަށްފަހު، މިއަދު އެންމެ ފުރަތަމަ ވަކިކޮށްފައި ވަނީ، ފެނަކަ ކުންފުނީގެ އެމްޑީ މުހައްމަދު ނަޖާހު އެވެ. ދެވަނަ އަށް ވަކިކުރި އެގްރޯނެޓްގެ އެމްޑީ ހުސައިން ދީދީ ވަކިކުރިކަން ދެންމެ ޕީސީބީން ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފަ އެވެ.
ބުނީ ކީކޭ؟ - "އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ގދ. ތިނަދޫ ބްލެކްސްމިތް، އަލްފާޟިލް ހުސެއިން ދީދީ މިއަދުން ފެށިގެން ވަނީ ވަކިކޮށްފައެވެ." ޕީސީބީން ކުރި ޕޯސްޓުގައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް- އެގްރޯނެޓް މިއީ މީގެ ދެ އަހަރު ކުރިން ސެޕްޓެމްބަރު 2024 ސަރުކާރުން އުވާލަން ނިންމި ކަމަށް ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ