ލޯކަލް ކައުންސިލު އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގައި އިދިކޮޅު އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ޖަލްސާއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާޒިރުވެވަޑައިނުގެންނެވިއެވެ.
އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ރައީސް ނަޝީދު ފިޔަވައި، އެމްޑީޕީގެ ލީޑާޝިޕްގެ ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ނަޝީދަށް ތާއީދުކުރާ ބައެއް ސަޕޯޓަރުން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި، ނަޝީދު ބައިވެރިވެވަޑައިނުގަންނަވަނީ އެ މަނިކުފާނަށް ޖަލްސާގައި ވާހަކަދެއްކެވުމުގެ ފުރުސަތު ނުދޭން ނިންމުމުންނެވެ. އެހެންކަމުން އެ ޖަލްސާގައި ބޮއިކޮޓް ކުރާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
ރައީސް ނަޝީދު ހިންގަވާ އެކްސް އެކައުންޓެއް ކަމަށް ބެލެވޭ ”އަނެއް ދިވެހިރާއްޖެ“ އިން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ”މި އުފާވެރި ރޭ، ވަރަށް ހިތްދަތި ވެއްޖެ“ ކަމަށެވެ.
ރައީސް ނަޝީދު ބައިވެރިވެވަޑައިނުގެންނެވި ސަބަބެއް އެމްޑީޕީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް މިރޭ ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވައެވެ.
އެމްޑީޕީގެ އުފާފާޅުކުރުމުގެ ޖަލްސާއިން ނަޝީދު ނުފެނޭ، ބޮއިކޮޓް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ