މި މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް މުހައްމަދު މުއިއްޒު ވިދާޅުވި ފަދައިން އިއްޔެ ނޫސްވެރިންނާ ބައްދަލުނުކުރެއްވި އެވެ.
މިދިޔަ މަހު އިއްވި ރިޔާސީ ބަޔާނުގައި މުއިއްޒު ވިދާޅުވީ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު އެއް ގަޑިއިރު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
"މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗު މަހުން ފެށިގެން އާންމު އުސޫލެއްގެ މަތިން ކޮންމެ ހަފްތާއަކު ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލުކުރާނަން،" މިދިޔަ މަހު މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު މިގޮތަށް ވިދާޅުވި ފަހުން މި ހިނގާ މާޗު މަހުގެ ފުރަތަމަ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވި އެވެ.
ނަމަވެސް ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި ފަދައިން އިއްޔެ ނޫސްވެރިންނާ ބައްދަލުނުކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ކެބިނެޓުގައި ހިމެނޭ މިނިސްޓަރުން ވެސް ކޮންމެ ހަފްތާއަކު އެއް ދުވަހު އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވަން ޖެހޭނެ ކަމަށް ވެސް ރިޔާސީ ބަޔާނުގައި މުއިއްޒު ވިދާޅުވި އެވެ.
އެގޮތުން މިދިޔަ ހަފްތާގައި ވަޒީރުން ނޫސްވެރިންނާ ބައްދަލުކުރި ނަމަވެސް މިހަފްތާގައި ވަޒީރުން ނޫސްވެރިންނާ ބައްދަލުކުރާނެކަން މިހާތަނަށް އަންގާފައެއް ނުވެ އެވެ.
މުއިއްޒުގެ ވެރިކަމުގެ ތިންވަނަ އަހަރު ގުނަމުން އަންނައިރު، މިހާތަނަށް މުއިއްޒު ބާއްވާފައިވަނީ އެންމެ ތިން ނޫސްވެރިންގެ ބައްދަލުވުމެވެ. ފުރަތަމަ ބައްދަލުވުން ބޭއްވީ ޑިސެމްބަރު 5، 2023، ގަ އެވެ. ރިކޯޑު ހެދި ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ އޭގެ 515 ދުވަސް ފަހުންނެވެ.
މުއިއްޒު ވައުދުވި ގޮތަށް މިދިޔަ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލެއް ނުކުރޭ! މުއިއްޒު ވައުދުވި ގޮތަށް މިދިޔަ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލެއް ނުކުރޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ