ޒަކާތާބެހޭ ގާނޫނު (2025/27)ގެ ދަށުން އަލަށް އެކުލަވާލި ޒަކާތު ކައުންސިލްގެ ދެވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އެ ކައުންސިލަށް ކަނޑައަޅުއްވާފައިވާ ނުވަ މެންބަރުން ޢައްޔަނުކުރެއްވުމަށް ފަހު ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޒަކާތު ކައުންސިލްގެ ޗެއަރމަން އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ޒަކާތު ކައުންސިލު އެކުލެވިގެންވަނީ އަންނަނިވި 9 މެންބަރުންގެ މައްޗަށެވެ:
އިއްޔެގެ ބައްދަލުވުމުގައި، ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށާއި މޯލްޑިވްސް ޒަކާތު ހައުސްގެ ސްޓްރެޓީޖިކް ޕްލޭންތައް ކުރިއަށް ގެންދިއުމާ ގުޅޭ މުހިންމު ކަންތައްތަކެއްގެ މައްޗަށް މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން 2026ވަނަ ޒަކާތާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ޤަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމާ ބެހޭ ގޮތުން ކައުންސިލުން މަޝްވަރާކުރިއެވެ.
މި ކައުންސިލުގެ މައިގަނޑު މަސްއޫލިއްޔަތަކީ މޯލްޑިވްސް ޒަކާތު ހައުސްއަށް ބޭނުންވާ އިސްތިރާޖީ ލަފަޔާއި އިރުޝާދު ދިނުމެވެ. ޚާއްޞަކޮށް އިދާރީ ހިންގުމާއި، ސިޔާސަތުތައް ކަނޑައެޅުމާއި، ޤައުމީ ޒަކާތުގެ ނިޒާމު ސުޕަވައިޒްކޮށް ބެލެހެއްޓުމުގެ ކަންކަމުގައެވެ.
ޒަކާތު ކައުންސިލް އުފެދި، މޯލްޑިވްސް ޒަކާތު ހައުސް ހިންގުމާ ގުޅޭ މަޝްވަރާތައް ފެށުމަކީ، ދިވެހިރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށާއި ޒަކާތާބެހޭ ޤާނޫނު ފައިދާހުރި ގޮތެއްގައި ތަންފީޛުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ޒަކާތުގެ ކައުންސިލްގެ ދެވަނަ ބައްދަލުވުން: ޒަކާތާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ޤަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމަށް މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ