ބީއެމްއެލްގެ ބޯހިޔާވަހިކަން: 3260 ފްލެޓް ލިބޭނީ 2028 ގަ އަންނަ މަހުން ފެށިގެން ބީއެމްއެލް ކްރެޑިޓް ކާޑު ލިމިޓް ބޮޑުކުރަނީ އަތްފޯރާ ފަށުގެ ބޯހިޔާވަހިކަމަށް ބީއެމްއެލްގެ ކުންފުނިން 5 މަޝްރޫއެއް ފަށައިފި ބީއެމްއެލް އިސްލާމިކްގެ އެހީގައި 5 މަޝްރޫއެއް ނިންމައި

މިއަހަރުގެ ރޯދަ މަހު އުމްރާއަށް ދާ މީހުންނަށް ފަސޭހަކަމާއެކު ޑޮލަރު ލިބޭނެ ޚާއްސަ އިންތިޒާމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.
ބީއެމްއެލްއިން ހާމަކުރާ ގޮތުގައި އުމްރާ ގްރޫޕްތައް މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް ޑޮލަރު ދޫކުރުން ކުރިއަށްދާނީ ފެބްރުއަރީ 8 އިން 26 ގެ ނިޔަލަށް، ބޭންކު ހުޅުވާ ދުވަސްތަކުގައެވެ.
ޚިދުމަތް ދޭ ގަޑިއާއި ތަން:
މި މުއްދަތުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ބްރާންޗުތަކުން އުމްރާވެރިންނަށް ޑޮލަރު ވިއްކުން މެދުކަނޑާލާނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.
ޑޮލަރު ނެގުމުގައި ސަމާލުކަންދޭންވީ ކަންކަން:
މި ޚާއްސަ އިންތިޒާމުގެ އިތުރުން، އާންމު އުސޫލުގެ ދަށުން ބީއެމްއެލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ބުކިން ހަދައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ނެގުމުގެ ފުރުސަތު ވެސް އުމްރާވެރިންނަށް އޮންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ