އެމްއެމްއޭ އެފްއައިޔޫގެ ވެރިޔާގެ މަގާމުން ސާޖިދު ވަކިކޮށްފި
ޖިންސީ ފުރައްސާރަކުރި މައްސަލަ ސާބިތުވެ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ވެރިޔާ، އިސްމާއިލް ސާޖިދު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ސާޖިދު ސަސްޕެންޑުކުރީ މިދިޔަ ޑިސެމްބަރުގެ 28ގަ އެވެ. އެނގިފައިވާ ގޮތުގައި، އޭނާ މަގާމުން ވަކިކުރަން މިއަދު ނިންމީ އެ މައްސަލަ ބަލަން އެމްއެމްއޭއިން އެކުލަވައިލި ކޮމެޓީއަކުންނެވެ.މީގެ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަން ވެސް ކުރެއްވި ސާޖިދު، އެފްއައިޔޫގެ ވެރިޔަކަށް ހަމަޖެއްސީ މިދިޔަ އޮގަސްޓު މަހު ކުރީކޮޅެވެ.އެފްއައިޔޫގެ ވެރިޔަކަށް ސާޖިދު ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފު ވަކިކުރުމާ ގުޅިގެންނެވެ.މީގެ ކުރިން އެފްއައިޔޫގެ ހެޑްގެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފު ވެސް 2018 ވަނަ އަހަރު އެ މަގާމުން ވަކިކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ