ބީއެމްއެލް އިސްލާމިކްގެ ޕްރޮމޯޝަނުން، ހައްޖައް ދާން ފުރުސަތު ލިބޭ 10 ނަސީބުވެރިން ހޮވައިފި

ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައި ހުޅުވާލި ހައްޖު ޕްރޮމޯޝަނުން، ހައްޖަށް ދިޔުމުގެ ފުރުސަތު ލިބޭ 10 ނަސީބުވެރިން ހޮވައިފިއެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު ހުޅުވާލި އެ ޕްރޮމޯޝަން ޑިސެންބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔައެވެ. އެ ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރިކުރީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންނާއި އަލަށް ޚިދުމަތް ބޭނުން ކުރަން ފެށި ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިން ފެސިލިޓީއެއް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންނާއި، މުސާރަ ޖަމާކުރާ ކަސްޓަމަރުންނާއި، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންނެވެ. ހައްޖު ދަތުރު ލިބުނު މީހުންގެ ނަންތައް ބީއެމްއެލްގެ ވެބްސައިޓުގައި ވަނީ ހިއްސާކޮށްފައެވެ. އެއީ: ފާތިމަތު ޖަބީން މުފީދު އަބްދުލްވައްހާބް ލުގްމާން މުހައްމަދު އަބްދުﷲ ފާލިލު އިބްރާހީމް ނަސީރު ސުހައިލް އިބްރާހީމް ސަދަގާތު އަބްދުﷲ އަހުމަދު ނިޝާދު ޝިނާން އަބްދުﷲ ސައުދީ ސަރުކާރުން ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ދޫކުރަނީ އަހަރަކު 1،000 މީހުންގެ ކޯޓާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ