ޖަޕާނުގެ ހިލޭ އެހީން މާލޭގެ އުތުރާއި އިރުމަތީ ތޮށިގަނޑު މަރާމާތުކޮށް އަލުން ހެދުމަށް މިއަދު ކޮންޓްރެކްޓަރަކާ ހަވާލުކޮށް ކޮންޓްރެކްޓްގައި ސޮއިކޮށްފި އެވެ.
ވީކިހިނެއް؟ - އެ މަސައްކަތަކީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކާރިސާތަކުން މާލެ ސަރަހައްދު ރައްކާތެރިކުރުމަށް ހިންގުމަށް އެއްބަސްވެފައިވާ މަޝްރޫއެއްގައި ހިމެނޭ ކަމެކެވެ.
ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށްދާ "ޕްރޮޖެކްޓް ފޮ ޑިޒާސްޓާ ރެޒިލިއެންސް އެންހޭސްމަންޓް އިން މާލެ އައިލެންޑް، ކޮންސްޓްރަކްޝަން ފޭސް"ގެ ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަންގާރަ ދުވަހުގަ އެވެ.
ތަފްސީލް - ހައުސިން އެންޑް ކޮންސްޓްރަކްޝަންސް މިނިސްޓްރީން ބުނި ގޮތުގައި ފުރަތަމަ އެއްބަސްވުމުގައި، މާލޭގެ ތޮށިގަނޑުގެ މަސައްކަތް ހަވާލުކުރާ ގޮތަށް ސޮއިކުރީ ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަންސް ނަމަކަށް ކިޔާ ކުންފުންޏާ އެވެ. އެ ގޮތުން:
ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ތޮއާމު މުހައްމަދު
ޓޯޔޯ ކޮންސްޓްރަކްޝަންސްގެ ފަރާތުން ސޮއިކުރެއްވީ އެ ތަނުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިޒާވާ ކަން
މަސައްކަތް ހަވާލުކުރީ 487 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް
މަސައްކަތުގެ އަގަކީ 700 މިލިއަން ޖަޕަނީޒް ޔެން (ގާތްގަނޑަށް71 މިލިއަން ރުފިޔާ)
ޖަޕާނުގެ އެހީގައި، މާލޭގެ ތޮށިގަނޑު މަރާމާތުކޮށް އަލުން ހަދަން ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ