މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކުރީގެ ރައިސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހަނދު ބެލުން ފަދަ ކަންކަމުގައި ގިނަ ދިވެހިންގެ އިތުބާރު އޮންނަ މައުމޫން މިގޮތަށް ވިދާޅުވީ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ކަލަންޑަރުގައިވާ ގޮތުން ވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ އެވެ.
ބުނީ ކީކޭ؟ - އެ ޕޯސްޓުގައި މައުމޫން ވިދާޅުވީ، ފަލަކީ ހިސާބުތަކުން ދައްކާ ގޮތުން މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. އަދި އިސްލާމީ އުންމަތަށް ރޯދަ މަހުގެ ތަހުނިޔާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރޯދަ މަހަށް ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ އޮންނާނެ އެވެ. އަދި ރޯދަ މަހުގެ ފުރަތަމަ ދުވަސް މިރޭގެ ޖަލްސާގައި އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް ކަނޑައަޅާނެ އެވެ.
މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ