ޢަބްދުލްޢަޒީޒު މުޙައްމަދު ނިޔާވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާގެ މެސެޖެއް މެދުކަނޑާލާފައި އޮތް އޮޕަރޭޝަން ފިންލޭންޑުގެ ޓީމާ އެކު އަލުން ފަށައިފި ދައުލަތަށް 41 އަހަރު ހިދުމަތް ކުރެއްވި އަގުހުރި ޝަހުސިއްޔަތެއް ކަމަށްވާ ފާރޫގް އަހުމަދު ނިޔާވެއްޖެ ހޯދަމުން ދިޔ

ބ. އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި އުމުރުން ދުވަސްވީ މީހަކު ނިޔާވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މޫދުގައި ނިޔާވެފައި އޮއްވާ ފެނިގެން ރިޕޯޓްކޮށްފައިވަނީ ބ. އޭދަފުށީ، ސީސަންގެ، އުމުރުން 82 އަހަރުގެ ޢަލީ ޢަބްދުﷲ އެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންގެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 7:55 ހާއިރު ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އޭނާ ނިޔާވާން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ