ކޮންޓްރެކްޓަރުގެ ހަރަދުގައި އައިލެންޑް އޭވިއޭޝަނުގެ ހައުސިން ޕްރޮޖެކްޓު ހިންގާނެ ބަޔަކު ހޯދަނީ

ގައުމީ އެއާލައިން މޯލްޑިވިއަން އާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނީގެ މުަވައްޒަފުންނަށް ހާއްސަކޮށްގެން އެ ކުންފުނިން ހިންގާ ހައުސިން ޕްރޮޖެކްޓު ކޮންޓްރެކްޓާ ފައިނޭންސިން މޮޑެލްގެ ދަށުން ހިންގަދޭނެ ބަޔަކު ހޯދަން އެ ކުންފުނިން އިއްޔެ އިއުލާންކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނުގައި ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހައުސިން ޕްރޮޖެކްޓު ހިންގަން ޝައުގުވެރިކަން ހުރި ވިޔަފާރިތަކުން އެކަމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން ހުޅުވާލާފަ އެވެ.
MGH Group of Companies
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
Zetta Enterprises Pvt Ltd
MU STORE
އެ އިއުލާނާ އެއްކަރުދާސްކޮށްފައިވާ ޕްރޮޖެކްޓުގެ ތަފުސީލުތަކުގައި އައިލެންޑް އޭވިއޭޝަނުން ބުނީ މި ތަން ފަރުމާކުރަން ލިބޭނީ ފަސް މަސް ދުވަސް ކަމަށެވެ. އެ ކުންފުނިން މި ޑިޒައިން ފާސްކުރާތާ ދެ އަހަރު ދުވަހުގެ ތެރޭގައި އިމާރާތްކުރުމުގެ މަސައްކަތް ނިންމަން ޖެހެ އެވެ. 
ކުރިން ރިޕޯޓުކުރި ގޮތާ ހިލާފަށް، އައިލެންޑް އޭވިއޭޝަނުން މި ޕްރޮޖެކްޓު ހިންގަނީ 20،000 އަކަފޫޓަށް ވުރެ ބޮޑު ބިމެއްގަ އެވެ.
މި ބިމުގައި އެ ކުންފުނިން ބޭނުންވަނީ ޓެރަސް ހިމެނޭހެން 15 ފަންގިފިލާގެ އިމާރާތެއް ތަރައްގީކުރާށެވެ. އެއީ ބޭސްމަންޓް ލެވަލްގައި ޕާކިންއަކާއި، އެންމެ ތިރީ ބުރި އާއި ފުރަތަމަ ބުރީގައި ވިޔަފާރި ޖާގަތައް އަދި ތިން ވަނަ ބުރިން ފެށިގެން 14 ވަނަ ފަންގިފިލާއާ ހަމައަށް އެޕާޓުމަންޓުތަކެވެ. 
ކޮވިޑާ ގުޅިގެން ބޮޑެތި ގެއްލުންތަކެއްވަމުންދާ އައިލެންޑް އޭވިއޭޝަނުން، އެ ކުންފުނީގެ މުވައްޒަފުންނަށް ފްލެޓް އެޅުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިމެއް ހޯދައި އެޗްޑީސީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން މި މަޝްރޫއަށް ފައިސާ ހޯދާނެ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.
އައިލެންޑް އޭވިއޭޝަނުން ބޭނުންވާ ހައުސިން ޔުނިޓުތަކުގެ އަދަދެއް އިއުލާނުގައި ނެތް ނަމަވެސް އެ ކުންފުނިން ވަނީ ޖުމްލަ ޔުނިޓުތަކުގެ ތެރެއިން އެކި ވައްތަރުގެ އެޕާޓުމަންޓު ހުންނަން ވާނެ ޕަސަންޓޭޖާއި ޖާގަ ކަނޑައަޅާފަ އެވެ. އެއީ:
މި ޕްރޮޖެކްޓުގެ އަގު ހުށަހަޅަނީ ކޮންޓްރެކްޓަރެވެ. އެހެންކަމުން އައިލެންޑް އޭވިއޭޝަނުން މި ޕްރޮޖެކްޓަށް ހަރަދުކުރާ ވަރު އިނގޭނީ މި މަސައްކަތް ބަޔަކާ ހަވާލުކުރުމުންނެވެ. 
އައިލެންޑް އޭވިއޭޝަނުން ހައުސިން ޕްރޮޖެކްޓެއް ހިންގަން އުޅޭއިރު، އެ ކުންފުންޏަކީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރުން ފެށިގެން ގެއްލުމުގައި ހިންގަމުން އަންނަ ކުންފުންޏެކެވެ. 
މީގެ ކުރިން ވެސް ސަރުކާރުގެ އެހެން ކުންފުނިތަކުން ވަނީ މި ގޮތަށް އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ފްލެޓުތައް އަޅާފަ އެވެ. އޭގެ ތެރޭގައި އެމްއޭސީއެލް އާއި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީގެ އިތުރުން އެމްޕީއެލް އާއި އެސްޓީއޯއިން އަދި އެޗްޑީސީ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ