ރާއްޖޭގެ އެންމެ ރަނގަޅު އިންޓަނެޓް ނެޓްވޯކަކަށް އުރީދޫ ސުޕަނެޓް ހޮވިއްޖެ

ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ އާއި ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމުގައި އުރީދޫން އެންމެ އިސްކޮށް ހަރަކާތްތެރިވާ މިންވަރު ފާހަގަކޮށް، 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ ބެސްޓް ފިކްސްޑް ނެޓްވޯކްގެ އުކްލާ ސްޕީޑް ޓެސްޓް އެވޯޑް އުރީދޫއަށް ދީފި އެވެ.
ވީ ކިހިނެއް؟ - މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ.
ނެޓްވޯކް އިންޓެލިޖެންސް އަދި ކަނެކްޓިވިޓީ އިންސައިޓްސްގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ އުކްލާ އިން ދޭ އެވޯޑަކީ ކޮންސިއުމާ އިނީޝިއޭޓިވް ސްޕީޑް ޓެސްޓް ޑޭޓާ ދިރާސާ ކުރުމުގެ މައްޗަށް ބިނާކޮށް ދޭ އެވޯޑެކެވެ.
މި އެވޯޑްތަކުގައި ބޭނުންކުރަނީ ޑައުންލޯޑް ސްޕީޑް، އަޕްލޯޑް ސްޕީޑް އަދި ނެޓްވޯކް ރެސްޕޮންސިވްނެސް ފަދަ މެޓްރިކްސްތަކުން ލިބޭ ސްޕީޑް ސްކޯ އެކެވެ.
ތަފްސީލް - މިއީ އުރީދޫން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކާއި ވިޔަފާރިތަކާއި ގޭބިސީތައް މެދުނުކެނޑި ގުޅުވާލުމަށް ކުރަމުން އަންނަ މަސައްކަތާއި ބްރޯޑްބޭންޑް ފުޅާކުރުމުގެ އިތުރުން އީޖާދީ ޓެކްނޮލޮޖީތަކަށް ކުރާ އިންވެސްޓްމަންޓްތައް ރަމްޒުކޮށްދޭ އެވޯޑެކެވެ.
ބުނީ ކީކޭ؟ - އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝާދީ ގަވަސްމީ ވިދާޅުވީ ރާއްޖޭގައި ބެސްޓް ފިކްސްޑް ނެޓްވޯކްގެ އޫކްލާ ސްޕީޑް ޓެސްޓް އެވޯޑް ލިބުމަކީ އުރީދޫއަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ނެޓްވޯކް ފަރުމާކުރެވިފައި ވަނީ ރާއްޖޭގެ ރަށްތައް ގުޅުވާލުމާއި މުޖުތަމައުތައް ބާރުވެރިކުރުވުމާއި ވިޔަފާރިތައް ޑިޖިޓަލްކޮށް ކާމިޔާބު ކުރުމަށް މަގުފަހިކޮށްދިނުމަށް،" އޭނާ ވިދާޅުވި އެވެ.
"މާދަމާގެ ޑިޖިޓަލް މުސްތަގުބަލަށް ރާއްޖެ ތައްޔާރުކޮށް، ކޮންމެ ދިވެހި ރައްޔިތަކު މިއަދު ގުޅުވާލެވޭ ހަލުވި، އިތުބާރު ހިފޭ ކަނެކްޓިވިޓީއެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން އަބަދު ވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ދެން."
ފާހަގަކޮށްލެވޭ - ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރު ހަލުވިކުރަމުން އަންނައިރު، އިގްތިސާދީ ކުރިއެރުމަށާއި ތައުލީމީ ދާއިރާއަށާއި ފަތުރުވެރިކަމާއި ފިންޓެކް އަދި އާންމު ދިރިއުޅުމަށް އިތުބާރު ހިފޭ ހައި ސްޕީޑް ކަނެކްޓިވިޓީއަކީ ކޮންމެހެން ބޭނުންތެރި ހިދުމަތެކެވެ. އުރީދޫން އަންނަނީ ޒަމާނީ ފައިބަ ނެޓްވޯކްތަކާއި ބްރޯޑްބޭންޑް އިނޮވޭޝަންތަކާއި ކަސްޓަމަ ފޯކަސްޑް ސޮލިއުޝަންތަކަށް އިންވެސްޓް ކުރަމުންނެވެ.
އުރީދޫގެ ފިކްސްޑް ނެޓްވޯކް ހިދުމަތްތަކުގެ ތެރޭގައި ފައިބަ ބްރޯޑްބޭންޑް އަދި ނެކްސްޓް ޖެނެރޭޝަން ހޯމް ކަނެކްޓިވިޓީ ސޮލިއުޝަން ހިމެނެ އެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ރާއްޖޭގައި ކޮންމެ ތަނެއްގައި ހުއްޓަސް، މެދުކެނޑުމެއްނެތި މަސައްކަތް ކުރުމާއި އުނގެނުމާއި ސްޓްރީމް ކުރުމާއި ގުޅުވާލުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ