ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއްކޮށްލަން އުޅެނީ ޑިމޮކްރަސީ ނައްތާލުމުގެ ބޭނުމުގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ދެ އިންތިހާބު އެއްކޮށްލައިފި ނަމަ ދެން ވާނެ ދެ ގޮތެއް އިދިކޮޅު ޕީޕަލްސް ނެޝަނަލް ފްރަންޓުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމު ޖަމީލް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް އެކަށީގެންވާ ވަގުތު ނުދީ ކަމަށެވެ.
"ޑިމޮކްރެޓިކް މުޖްތަމައުތަކެއް އާގަނެގެން، އަށަގަނެގެން އެ ގަރުބަގަންނަނީ ވަކި ހަމަތަކެއްގެ ތެރޭގައި. އެވެއާނަސް، ރައްޔިތުންގެ ހޭލުންތެރިކަން، ރައްޔިތުންގެ ބައިވެރިވުން، ރައްޔިތުންގެ ހިއްސާވުން، ރައްޔިތުން އެކަށީގެންވާ ވަރަށް ވިސްނަން ޖާގަ ދިނުން. މިއީ ގާނޫނުއަސާސީއަށް ގެންނަ ބަދަލު ޣައިރުގާނޫނީވާ ސަބަބުތަކުގެ ތެރެއިން ކަމެއް،" ޖަމީލް ވިދާޅުވި އެވެ.
"އެ ބަހުސާއި ތިމަންނަ އަންނަނީ ކީއްވެގެން ކަމާއި މިކަންކަމަށް ރައްޔިތުން ވިސްނާނެ ޖާގައެއް ނެތް."
ޖަމީލް ވިދާޅުވީ، ރައްޔިތުންނަށް ވާނުވާ ނާނގައި، މަޝްވަރާ ވެސް ނުކޮށް އަދި ވިސްނަން ފުރުސަތު ނުދީ އިންތިހާބު ބާއްވަން ސަރުކާރުން މަސައްކަތް ކުރުމުގެ ބޭނުމަކީ ޑިމޮކްރަސީ މަރައިލުން ކަމަށެވެ.
"މިއަށް ކިޔަނީ ހަގީގަތުގައި ޑިމޮކްރަސީ މަރާލުން. މިއީ ކަނޑައެޅިގެން ގަސްދުގައި ރައްޔިތުންނަށް ވާނުވާ ނާނގާ، ރައްޔިތުންނަށް ވިސްނާނެ ޖާގަ ނުދީ، ހަމަ އެ ދާގޮތަށް ގޮސް ޑިމޮކްރަސީ މަރާލުމަށް ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ދެ އިންތިހާބު އެއްކޮށްލައިފި ނަމަ ރިޔާސީ ނިޒާމުގެ ތެރެއަށް ބަރުލަމާނީ ނިޒާމުގެ މައި ސިފައެއް ވަދެގެންދާނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ،
"ރައީސުލްޖުމްހޫރިއްޔާ ގޮސް މަޖިލީހާއި މެންބަރުން ގޮވައިގެން ގޮސްފައި، ހޮވުނިއްޔާ ހޮވުނީ، ނުހޮޮވުނިއްޔާ ނުހޮވުނީ. އެހިސާބުން އެ އަސްލު އެ ދިޔައީ ހަމަ ރަނގަޅު ބަރުލަމާނީ ނިޒާމަކަށް ފުރޮޅިގެން،" ޖަމީލް ވިދާޅުވި އެވެ. "ދެ އިންތިހާބު އެއްކޮށްލީމާ ބަރުލަމާނީ ނިޒާމު އޮޓަމެޓިކުން ރިޔާސީ ނިޒާމުގެ ތެރެއަށް ވަދެގެން މި ދަނީ."
ސަރުކާރުން މަސައްކަތް ކުރަނީ ޑިމޮކްރަސީ މަރާލަން ކަމަށް ޑރ. ޖަމީލް ވިދާޅުވެއްޖެ ސަރުކާރުން މަސައްކަތް ކުރަނީ ޑިމޮކްރަސީ މަރާލަން ކަމަށް ޑރ. ޖަމީލް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ