އެމްޕީއެލް އިން ޒިޔަތު ވަކިކޮށް، ލަމްއާން އައްޔަންކޮށްފި

ރާއްޖޭގެ ކޮމާޝަލް ބަނދަރުތައް ބަލަހައްޓާ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެންބަރުކަމުގެ މަގާމުގައި ހުންނެވި އިބްރަހިމް ޒިޔަތު އެ މަގާމުން ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ޒިޔަތު ވަކިކޮށް އެ މަގާމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ލަމްއާން އައްޔަންކުރައްވާފައިވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯއަކަށް ހުންނެވި ޒިޔަތު، އެމްޕީއެލްގެ ބޯޑަށާއި އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ޒިޔަތު އައްޔަންކުރީ މިދިޔަ މާރިޗު މަހުގެ ތެރޭގައެވެ. އޭނާ ބޯޑުން ވަކިކޮށްފައި މިވަނީ މަގާމު ދިންތާ ދޮޅުމަސް ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ