އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ލަމްއާން އައްޔަނުކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ލަމްއާން އައްޔަނުކޮށްފިއެވެ.
ޕީސީބީން ބުނެފައިވާގޮތުގައި ލަމްއާން މި މަގާމަށް އައްޔަނުކޮށްފައިވަނީ މިއަދުން ފެށިގެންނެވެ.
އެނާ މި މަގާމަށް އައްޔަނުކޮށްފައިވާއިރު ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމުގައި ހުންނެވި އިބްރާހިމް ޒިޔަތު މިއަދު ވަނީ ވަކިކޮށްފައެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ލަމްއާން އިސްތިއުފާ ދެއްވީ އިއްޔެއެވެ.
ލަމްއާން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ