މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމުން މިއަދު ނެރެ އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ، 418,034 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 9.5 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 381,870 ފަތުރުވެރިން ޒިޔާރަތްކުރިއިރު، އޭގެ ކުރީ އަހަރު ވަނީ 358,966 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ވީއައިއޭ މެދުވެރިކޮށް އައިސްފައިވާއިރު ދެން އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށެވެ.
1. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް: 411,673 ފަތުރުވެރިން
2. މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށް: 1,489 ފަތުރުވެރިން
3. ގޭން އިންޓަރނޭޝަނަލް އެއާޕޯޓަށް: 1,499 ފަތުރުވެރިން
4. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓަށް: 1،137 ފަތުރުވެރިން
5. ދާލު އެއާޕޯޓަށް: 783 ފަތުރުވެރިން
6. ވިލާ އިންޓަރނޭޝަނަލް އެއާޕޯޓަށް: 387 ފަތުރުވެރިން
މި ތަފާސްހިސާބަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، ޗައިނާ، ރަޝިއާ، އިތަލީ، އިނގިރޭސިވިލާތް އަދި ޖަރުމަނުވިލާތުންނެވެ.
އެގޮތުން ޗައިނާއިން ރާއްޖެއަށް 67,185 ފަތުރުވެރިން ޒިޔާަރާތް ކުރިއިރު، ރަޝިއާއިން ވަނީ، 46,636 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން އިޓަލީން 40,34 ފަތުރުވެރިން، އިނގިރޭސިވިލާތުން 38,162 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން ވަނީ 24,980 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މި އަހަރުގެ މިހާތަނަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ