އުރީދޫ އެޕުން މިހާރު ކަރާ ފެޅޭނެ!

އުރީދޫ އެޕް މެދުވެރިކޮށް ކަރާ ފެޅުން ގޭމް މިރޭ 00:00 ގައި ލޯންޗުކޮށްފިއެވެ. ''ކަރާ ފެޅުން'' ގޭމު ފަރުމާކޮށްފައި ވަނީ، އާއިލާއާއި ރައްޓެހިންނަށް އެކުގައި ބައިވެރިވެވޭ ގޮތަށެވެ. އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ކުޅެވޭ އެ ގޭމުގައި 'ރަތް ލަޝްކަރު' ނުވަތަ 'ނޫ ލަޝްކަރު'ގައި ހިމެނިގެން ކުޅެވޭނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި، އެ ގޭމުން އެންމެ ބޮޑު އިނާމަކަށް ލިބެނީ، އެއް ލައްކަ ރުފިޔާގެ ކްރިއޭޓާ ބަންޑަލްއެކެވެ. އޭގެތެރޭގައި ހިމެނެނީ، އައިފޯން 17 ޕްރޯއަކާއި މެކްބުކަކާއި އައިޕެޑަކާއި ދެ ޑްރޯންއަކާއި އޮސްމޯ ޕޮކެޓް ކްރިއޭޓާއެކެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ވެސް ގޭމް ކުޅޭ ކޮންމެ މީހަކަށް ގޭމުގެ ތެރެއިން އެއް ހަދިޔާ ލިބޭނެއެވެ. އަދި ކޮންމެ ދުވަހަކު، އާންމު ދިރިއުޅުމުގައި ބޭނުންކުރެވޭނެ ހަދިޔާއެއް ވެސް ދޭން ހަމަޖެހިފައިވެއެވެ. https://sun.mv/218014 އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު މީގެ ކުރިން ވިދާޅުވި ގޮތުގައި، މި އަހަރު ކަރާ ފެޅުން ތައާރަފުކުރީ މިދިޔަ އަހަރަށް ވުރެ ފޯރިގަދަކޮށް، އާ ފީޗާތަކާ އެކުގައެވެ. އެގޮތުން، މި ފަހަރުގެ ގޭމްގައި އެންމެ ޚާއްސަ ކަމަކަށް ނިޔާޒު ފާހަގަކުރެއްވީ، 'ކަރާ ކުއެސްޓް' ނުވަތަ މެޕުން ދައްކާ ކޮންމެ ތަނަކަށް ގޮސްގެން ކަރާ ފެޅުމެވެ. ނިޔާޒު ވިދާޅުވި ގޮތުގައި، އެ ގޭމުގައި ބައިވެރިވާ ކޮންމެ މީހަކަށް ކޮންމެ ދުވަހަކު ހިލޭ ޑޭޓާއާއި ޚާއްސަ އިނާމުތައް ލިބޭނެއެވެ. އަދި، އުންމީދަކީ، އެ ގޭމުގެ ތެރެއިން އެކަކު، އަނެކަކާ އޮންނަ ގުޅުން ބަދަހިވުން ކަމަށް ނިޔާޒު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ