ޕީއެސްއެމް ކަރީގައި މުޒާހަރާ ކުރުމަށް ގޮވާލެވެނީ

ރައްޔުތުންގެ ފެންނަ ނުފެންނަ ވޯޓަކަށްދާއރު ރައްޔިތުން އެކަމަށް ލޯހުޅުވަންޖެހެއެވެ. ކަމަކީ ދައުލަތުގެ ޒިންމާއެކެވެ ފެންނަ ނުފެންނަ ވޯޓްގައި އާނއެކޭ ބުނުމަށް ބާރުއަޅާ ދައުލަތުގެ މީޑިއާއިން  ހުއްޓާނުލާ ގޮތްގޮތަށް މައުލޫމާތު އެބަފަތުރައެވެ.
އާނެެކޭ ބުނުމަށް ބާރުއަޅާ ތަފާތު ޕްރޮގްރާމއތައް ޕީއެސްއެމުން ގެނެސްދެހެން ނޫނެކޭ ބުނަޖެހޭ ސަބަބިތައްވެސް ޕީއެސްއެމުން ހަމަހަމަ ކަމާއެކު ގެނެސް ދޭންޖެހެއެވެ. ނަމަވެސް ނޫނެކޭ ބުނަން ތާއީދު ކުރާ މީހުންގެ އަޑު ޕީއެސްއެމުން ވަނީ ކަނޑުވާލަފައެވެ.
ފެންނަ ނުފެންނަ ވޯޓްގައި ނޫނެކޭ ބުނާ އަޑު‬  ޕީއެސްއެމުން އިއްވާ ނުދެނީ ރައީސް މުޢިއްޒުގެ ރުހުން ހޯދުމުގެ މަގްސަދުގައި ޕީއެސްއެމްގެ ވެރިޔާ އަހުމަދު ޝަކީބު އަންގައިގެން ކަމަށް އިތުބާރުހުރި މަސްދަރުތަކަކުން ބުނެއެވެ. 
އެހެންކަމުން ދައުލަތު މީޑިއާ އަކީ ޝަކީއްބެގެ ހަރު މުދަލެއް ނޫނެވެ.  ޕީއެސްއެމް ހިންގަނީ ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. މުއިއްޒު‬ ނުވަތަ ޝަކީބުގެ ތަރިކަ މުދަލަކުން ނޫނެވެ. ނޫނެކޭ ބުނާ މީހުން ދައުލަތުގެ ޓީވީއަށް ނާރުވާ ނަމަ ޕީއެމްއެމް ކައިރީ މުޒާހަރާކުރަން ޖެހޭކަމަށް ގިނަ ބަޔަކު ދެކެއެވެ. 
ފެންނަ ނުފެންނަ ވޯޓްގެ ކުރިން ފެންނަ ކަމަށް އަދި ނުފެންނަ ކަމަށް ދެކޭ މީހުންގެ ހިޔާލު ގެނެސްދޭން ވާނެއެވެ  އެއީ ދައުލަތުގެ މީޑިއާގެ ޒިންމާއެކެވެ. ރައީސް މުއިއްޒުގެ މި އަމަލުން އެކަނިވެސް ފެންނަ ނުފެންނަ ވޯޓުގައި މުއިއްޒުގެ ނިޔަތް ރަގަޅު ނޫންކަން ސާބިތުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ