މަރުވެފައި އޮތް ފިރިހެނެއް މާފަންނުގައި ހުންނަ ގެއެއްގެ ތެރެއިން ފެނިއްޖެ މަރުވެފައި އޮތް ފިރިހެނެއް މާފަންނުގައި ހުންނަ ގެއެއްގެ ތެރެއިން ފެނިއްޖެ

މާލޭގެ ގެއަކުން މަރުވެފައި އޮއްވައި ދިވެހި ފިރިހެނަކު ފެނިއްޖެ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މީހާ މަރުވެފައި އޮއްވައި ފެނުނީ މާފަންނު ދަކަންދާމަގުގައި ހުންނަ ގެއަކުންނެވެ.
މަރުވެފައި އޮއްވައި ފެނުނީ ތޯތާޕަރީ، ސ. ހުޅުދޫ، މުހައްމަދު ނިޒާރު އެވެ. އޭނާގެ އުމުރަކީ 54 އަހަރެވެ.
"މުހައްމަދު ނިޒާރު ނިޔާވުމުގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައި ނުވޭ،" ފުލުހުން މީޑިއާތަކަށް ބުނެފައިވެ އެވެ.
މި މައްސަލައިގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 13:01 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ