ވައިގެ މަގުން އައްޑޫސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާ ރައްޔިތަކު އަތުލައިގަނެފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކީ، އަވައްޓެރި އިންޑިއާއަށް ނިސްބަތްވާ، އުމުރުން 58 އަހަރުގެ ސަލްދިން ވަލިމޮހްމަދް ރުއްފިން އެވެ. އޭނާ އަތުލައިގަނެފައިވަނީ އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް ވައިގެ ބަދަރުންނެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މި މާރިޗު މަހުގެ 17 ވަނަ ދުވަހު ކަސްޓަމްސްއިން އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުުރުމުން ކޯޓު އަމުރެއްގެ ދަށުންނެވެ.
ކޯޓު އަމުރެއްގެ ދަށުން ރުއްފިން ހައްޔަރުކުރިނަމަވެސް އޭނާގެ އަތުން އަތުލައިގަތީ މަސްތުވާތަކެތީގެ ތެރެއިން ކޮން އެއްޗެއްކަމެއް އަދި ކިހާ އެއްޗިއްސެއްކަމެއް ފުލުހުންނެއް ނުބުނެއެވެ. ފުލުހުން ބުނީ މި މައްސަލަ އެ އިދާރާއިން ތަހުގީގުކުރަމުންދާކަމަށެވެ.
މަސްތުވާ ތަކެތީގެ މައްސަލަތަކުގައި މި ފަހަކަށް އައިސް އަތުލައިގަނެވޭ ބިދޭސީންގެ އަދަދު އިތުރުވަމުން އަންނަކަަމަށް ކަމާބެހޭ ފަރާތްތަކުން އާއްމުކުރާ މައުލޫމާތުތަކުން އެނގެއެވެ.
ވައިގެ މަގުން އައްޑޫސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާ ރައްޔިތަކު އަތުލައިގަނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ