އުތުރުގެ ރަށެއްގައި 13 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

އުތުރުގެ ރަށެއްގައި 13 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ބުނީ ކީކޭ؟ - "ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 13 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 20 މާޗު 2026 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ.
އެނގުން މުހިންމު - މިފަދަ މައްސަލަތަކުގައި ކުދިންގެ ކަރާމާތް ރައްކާތެރިކުރުމަށްޓަކައި ކުއްޖާގެ ވަނަވަރާއި ރަށާއި އަތޮޅު އަދި މައްސަލަ ހުށަހަޅާ ރަށާއި އަތޮޅު ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ