އުދަރެސް ބޯޓުން ގެއްލުނު މީހާ ކަނޑުވެފައި ވަނިކޮށް ފެނިއްޖެ, އޮތީ ޕެލެޓެއް މަތީގައި

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި ”އުދަރެސް“ ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދިޔަ ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ، އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވައި އޭނާ ފެނުނީ ހެނދުނު 10:15 އެހާކަންހާއިރު އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ކަމަށެވެ.
އޭނާ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އޭނާއަކީ ގއ. ކޮލަމާފުއްޓަށް ނިސްބަތްވާ އުމުރުން ގާތްގަނޑަކަށް 80 އަހަރުން މަތީގެ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ