ގަތަރު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެ އަށް ފަށައިފި

މެދުއިރުމަތީގެ ހަނގުރާމައާ ހެދި މެދުކަނޑާލާފައި އޮތް ގަތަރު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް މިއަދު ފަށައިފި އެވެ.އެ އެއާލައިންގެ ދަތުރުތައް ވަގުތީ ގޮތުން ރާއްޖެ އަށް މެދުކަނޑާލީ މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން އެ ސަރަހައްދުގެ ވައިގެ ސަރަހައްދު މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ބަންދުވުމާ ގުޅިގެންނެވެ.ގަޠަރު އެއާވޭސްއިން މިއަދު އަލުން ރާއްޖެެ އަށް ދަތުރުތައް ފެށުމާ ގުޅިގެން ދެނ ް ކޮންމެ ދުވަހަކު ވެސް ދަތުރެއް ބާއްވާނެ އެއީ އެގޮތުން ހަފުތާއަކު 7 ދަތުރު އޮންނާނެ އެވެ.ގަޠަރު އެއާވޭސް އަކީ ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ އެއް އެއާލައިނެވެ.އެ އެއާލައިނުން ބުނީ ޖޫން މަހުގެ 15 ގެ ނިޔަލަށް ދަތުރު ކުރުމަށް ޓިކެޓް ނަގާފައި ހުރި ފަސިންޖަރުންނަށް މިހާރު ފަސޭހައިން ދުވަސް ބަދަލު ކުރެވޭނެ ކަމަށެވެ.ވައިގެ ދަތުރުފަތުރަށް ބުރޫ އެރުމުގެ ސަބަބުން މި ސަރަހައްދުން ގެންނަ މުދާ މާކެޓުގައި ލިބުން ވަނީ ދަތިވެފަ އެވެ. އޭގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް އެހެން މާކެޓުތަކުން މުދާ ގެނައުމުގެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ