އީރާނު ހަނގުރާމައިގެ ސަބަބުން ތެލަށް ކުރާ ހަރަދު ކުޑަކުރުމަށްޓަކައި، ކޮންމެ ދުވަހަކުވެސް ދެ ގަޑިއިރަށް ކަރަންޓު ކެނޑުމަށް ޕާކިސްތާން ސަރުކާރުން ނިންމައިފިއެވެ.
ޕާކިސްތާނުގެ އެނާޖީ މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ކޮންމެ ދުވަހެއްގެ ހަވީރު 5:00 އާއި ދަންވަރު 1:00 އާ ދެމެދު، ގައުމުގެ ބޮޑު ބަޔަކުން ދެ ގަޑިއިރާއި 15 މިނެޓަށް ކަރަންޓު ކަނޑާލާނެ ކަމަށެވެ. މި ވަގުތުތަކަކީ ޕާކިސްތާނުގައި ކަރަންޓު އެންމެ ގިނައިން ބޭނުންކުރާ ވަގުތެވެ.
އެނާޖީ މިނިސްޓްރީން ބުނީ, މި ނިންމުމާއެކު ކަރަންޓު ކަނޑާނީ މުޅި ގައުމުން ނޫން ކަމަށާއި ވަކި ތަރުތީބަކުން ބަހާލައިގެން ކަމަށެވެ. އަދި 20 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ކަރާޗީ މި ނިންމުމުން އިސްތިސްނާވާނެ ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މިދިޔަ ފެބްރުއަރީ 28 ގައި އެމެރިކާ އާއި ޔަހޫދީ އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ފެށިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ވަނީ ބަންދުކޮށްފަ އެވެ. އެއާ ގުޅިގެން ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފައެވެ.
ޕާކިސްތާނުގައި ތެލަށްކުރާ ހަރަދު ކުޑަކުރަން ކޮންމެ ދުވަހަކު ދެ ގަޑިއިރަށް ކަރަންޓު ކަނޑަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ