މިނިސްޓަރު އަމީން މަސައްކަތް ކުރައްވަނީ އެމް.އެމް.ޕީ.އާރު.ސީ (ވިޒިޓް މޯލްޑިވްސް) އުވާލައި، ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކަނޑައަޅާފައިވާ ހުރިހާ ބަޖެޓެއް ސީދާ ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމަށް ކަމަށް މައުލޫމާތު ލިބިއެވެ.
ކުންފުންޏެއްގެ ނަމުގައި އިޝްތިހާރު ކުރުމަށްވުރެ، ސަރުކާރުގެ މިނިސްޓްރީއެއްގެ ނަމުގައި އެކަން ކުރުމުން ބޭރުގެ ފަރާތްތަކުގެ އިތުބާރު ބޮޑުވާނެކަމަށް މިނިސްޓަރ އަމީނު ދެކިވަޑައިގަންނަވާކަމަށްވެއެވެ. އެގޮތަށް ކުރެވޭ މަސައްކަތް މާ ހަރުދަނާ ވާނެ ކަމަށްވެސް މިނިސްޓަރ ދެކިވަޑައި ގަންނަވަޔޯލައެވެ.
ވިޒިޓް މޯލްޑިވްސް ކުރާ ރާއްޖެ އިސްތިހާރު ކުރުމުގެ ކަންކަން ސީދާ ޓޫރިޒަމް މިނިސްޓްރީން ކުރާކަމަކަށް ހެދުމަށް މިނިސްޓަރ އަމީން ދައްކަވަނީ ގަބޫލުކުރެވޭ ކަހަލަ ހުއްޖަތެއް ނޫނެވެ. ދައުލަތުގެ ރަސްމީ މާލީ ނިޒާމުގެ ތެރެއިން ރާއްޖެ އިސްތިހާރު ކުރުމުގަައި ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތި ވާނެކަމީ ޝައްކެއް ނެތް ކަމެކެވެ
ޓޫރިޒަމް މިނިސްޓްރީއަކީ ޓޫރިޒަމް ސިޔާސަތު ކަނޑައަޅާ ރެގުލޭޓަރީ ބޮޑީއެވެ. ރާއްޖެ އިސްތިހާރުކުރުން ފަދަ ކަންކަން ވުޒާރާއަކުން ކުރުމަކީ އެވަގުތަކަށް ފެތޭގޮތަށް މާލިއްޔަތު ގާނޫނުގެތެރެއިން ރަނގަޅަށް ކުރެވޭނެ ކަމެއް ނޫނެވެ. އިސްތިހާރު ކުރުމުގެ ގޮތުން ކުރަންޖެހޭ ދަތުރުތަކާއި ބައިވެވާންޖެހޭ އިވެންޓްތަކާއި ކުރެވޭ އިސްތިހާރުތައް އޭރުން ހުންނަންޖެހޭނީ ސަރުކާރުން ކުރާ އާއްމު ހަރަދުތަކުގެ މިންގަޑުތަކުގެ ތެރޭގައި ތާށިވރފައެވެ. ކުޕްޓަލް ވަކިކުރި ކުންފުންޏަކުން ކުރާގޮތަށް ކުރުމުގެ މާލީ މިނިވަންކަމެއް އޭރަކުންނުއޮންނާނެއެވެ.
ސަރުކާރުގެ އާއްމު މާލީ ނިޒާމުގެތެރެއިން ކުރެވޭ އިސްތިހާރު ކުރުމުގަައި މަސައްކަތުގެ ކޮލިޓީދަށްވެ ނިޒާމީ ބޮޑެތި ހުރަސްތަކެއް ދިމާނުވެއެއް ނުދާއެވެ. ރާއްޖެ އިސްތިހާރު ކުރުމަށް ވަކިކުންފުންޏެއް ހަދައިގެން އެކަންކުރުނުގެ ބޭނުމަކީވެސް ރާއްޖެ އިސްތިހާރުކުރު ކުރުމަށް މާލީ މިނިވަންކަން ހޯދާދިނުމެވެ.
ރާއްޖެ އިސްތިހާރު ކުރުމުގެ ކަންތައް ސިދާ މިނިސްޓަރ އަމީން ކުރައްވާ ކަމަކަށް ހައްދަވަން އުޅުންވަނީ އެކަމުގެ ތެރެއިން ބޮޑުވެގެންވާ ނާޖާއޒު މަންފާ އެއް އަމީން ހޯއްދަވަންކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. އަމީނު އުޅުއްވަނީ ނިޒާމުގެތެރެއިން ދެވަނަ އަދީބަށް ވެވަޑައިގަތުމަށްކަމަށް ބެލެވެއެވެ.
މީގެކުރިންވެސް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް އަދީބު ހިންގާފައިވަނީ ހައްދެއްނެތް މިންވަރަށް ބާރު ދެއްވުމުންނެވެ. ރާއްޖެ އިސްތިހާރު ކުރުމުގެ ތެރެެއިން އެމްއެމްޕީއާރުސީންނެވެ. އެވަރު ކަމެއް ސީދާ ވަޒީރުކުރާ ގޮތަށް ހަމަޖެހިއްޖެނަމަ ކަން ވެގެންދާނެ ގޮތް ހިތަށް ގެންނަވާށެވެ.
ހާއްސަކޮށް މިނިސްޓަރ އަމިނަކީ އުޅަނދުފަހަރުގެ ޑޮމެއިނުންނާއި އެމް.ޓީ.ސީ.ސީ ޓެކްސީ އާއި މޯލްޑިވިއަން އެއަރބަސްގެ މުއާމަލާތްތަކުގައި ނާޖާޒާއިޒު މަންފާ ހޯއްދަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ވަޒީރެކެވެ.
ވަޒީރު އަމީނު ވާން އުޅެނީ ދެވަނަ އަދީބަށް !؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ