ބީއެމްއެލްގެ އެމެކްސް ކަސްޓަމަރުންނަށް ފޯމިއުލާ 1 ގްރޭންޑް ޕްރީ ބަލާލުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކަސްޓަމަރުންނަށް ފޯމިއުލާ 1 ސިންގަޕޫރު ގްރޯން ޕްރީ ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
މި ޕްރޮމޯޝަނަކީ ހަމައެކަނި ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ޕްލެޓިނަމް ކްރެޑިޓް ކާޑު އަދި ބީއެމްއެލް އެމެރިކަން އެކްސްޕްރެސް އިސްލާމިކް ޕްލެޓިނަމް ކްރެޑިޓް ކާޑު ގެންގުޅުއްވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން މި އަހަރު ބާއްވާ ފޯމިއުލާ 1 ސިންގަޕޫރު އެއާލައިންސް ސިންގަޕޫރު ގްރޯން ޕްރީ ބަލާލުމުގެ ފުރުސަތު ނަސީބުވެރިއަކަށް ލިބޭނެއެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ. ޕްރޮމޯޝަންގެ މުއްދަތުގައި ރާއްޖޭގެ އެކި ވިޔަފާރިތަކުން ބީއެމްއެލް އެމެކްސް ޕްލެޓިނަމް ކާޑު ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކާއެކު މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.
ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ލިބޭ އިނާމުތައް:
ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ އެއް ނަސީބުވެރިއަކަށް އިތުރު މީހަކާއެކު މި ތަޖުރިބާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މި އިނާމުގެ ތެރޭގައި ހިމެނެނީ:
ބީއެމްއެލް އިން ހާމަކުރި ގޮތުގައި މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ހާއްސަ ލައިފްސްޓައިލް މަންފާތަކާއި، އަގުހުރި ތަޖުރިބާތަކުގެ އިތުރުން އާންމުކޮށް ލިބެން ނުހުންނަ ފަދަ ތަފާތު ފުރުސަތުތައް ފަހިކޮށްދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ