އެއާ އިންޑިއާއި އިންޑިގޯގެ މަތިންދާބޯޓެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

އިންޑިއާގެ މުމްބާއީގެ ޗަތުރަޕަތީ ޝިވާޖީ މަހާރާޖް އިންޓަނޭޝަނަލް އެއާޕޯޓުގައި ދެ މަތިންދާބޯޓު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ހާދިސާ ހިނގިިއިރު، ދެ ބޯޓުގައިވެސް ފަސިންޖަރުން ތިއްބެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައެއްނުވެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ކޮއިމްބަތޫރަށް ފުރުމަށް ފަހަތަށް ޖައްސަމުން ދިޔަ އެއާ އިންޑިއާގެ ފްލައިޓް އޭއައި 2732 އާއި ހައިދަރުއާބާދުން މުމްބާއީއަށް ޖެއްސި އިންޑިގޯ ފްލައިޓް 6އީ 791 އާ ޖެހިގެންނެވެ. އެއާ އިންޑިއާއިން ނެރުނު ބަޔާނެއްގައި އެކަން ވަނީ ކަށަވަރުކޮށްދީފައެވެ. "ދެ މަތިންދާބޯޓުގެ ފިޔަގަނޑު ކޮންޓެކްޓްވެ، އޭގެ ސަބަބުން އަޅުގަނޑުމެންގެ މަތިންދާބޯޓުގެ ފިޔަގަނޑަށް ގެއްލުން ލިބުނު." އެ އެއާލައިނުން ބުނެފައިވެއެވެ. ގުޅިފައިވާ ދެ ރަންވޭ ހިންގާ މުމްބާއީ އެއާޕޯޓުން ދުވާލަކު އެތައް ސަތޭކަ މަތިންދާބޯޓެއްގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު، ގްރައުންޑް އޮޕަރޭޝަންތައް ވަކިން ބާރުބޮޑުވެގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ