މި އަހަރު މާލޭގައި ބާއްވަން ނިންމާފައިވާ ދެކުނު އޭޝިއާގެ ގައުމުތަކުގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި، ސާފް ޗެމްޕިއަންޝިޕްގައި، ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި، ސްރީ ލަންކާއާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
ސާފްގެ އުމުރުފުރާ މުބާރާތެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހޯސްޓްކުރާއިރު، ރާއްޖެ ހިމެނޭ ގްރޫޕްގައި ދެން އޮތީ ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާ އެވެ. އަދި، ގްރޫޕް ބީގައި ހިމެނެނީ، ބަންގްލަދޭޝް އާއި އިންޑިއާ އަދި ޕާކިސްތާން އެވެ.
ސާފްގެ 20 އަހަރުން ދަށުގެ މުބާރާތް އޮތީ މި އަހަރުގެ މާޗް މަހުގެ 22 އިން ފެށިގެން އޭޕްރީލް 3 ގެ ނިޔަލަށް ގަލޮޅު ދަނޑުގަ އެވެ. ފުރަތަމަ މެޗުގައި މާޗް 23 ވަނަ ދުވަހުގެރޭ ރާއްޖޭން ކުޅޭނީ ލަންކާއާ އެވެ. ދެ ވަނަ މެޗުގައި، މާޗް 25 ވަނަ ދުވަހުގެ ރޭ ބޫޓާނާ ދެކޮޅަށް ކުޅޭނެ އެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި، މާޗް 27 ވަަނަ ދުވަހު ހަވީރު ނޭޕާލާ ކުޅޭނެ އެވެ.
އަނެއްކޮޅުން، ސާފް 20 އަހަރުން ދަށުގެ މުބާރާތަކީ، 2019 ވަަަނަ އަހަރުގެ ފަހުން ރާއްޖޭގައި ހޯސްޓްކުރާ އުމުރުފުރާ ގައުމީ ޓީމުގެ ފުރަތަމަ މުބާރާތެވެ. މީގެ ކުރިން، 2019 ވަނަ އަހަރުގެ ޖުލައި މަހު އައްޑޫ ސިޓީގައި ވަނީ، ޔުއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތެއް ބާއްވައިފަ އެވެ.
ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާނެ ސްކޮޑެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާއިރު، ގަލޮޅު ދަނޑުގައި ބޭއްވި އޯޕަން ޓްރަޔަލް އަށް 156 ކުޅުންތެރިން ދިޔަ އެވެ. އަދި، މީގެ އިތުރުން، އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރު އަދި ގައުމީ ސީނިއާ ޓީމުގެ ކޯޗު، އިސްޓަވާން އުރްބާނީގެ ބެލުމުގެ ދަށުން 20 އަހަރުން ދަށުގެ ޓީމުގެ ކަންކަން ވެސް ކުރިއަށްދާއިރު، މި މަހު ކުރިއަށްދާ ޑައިމަންޑް ޖޫބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް މުބާރާތުން ވެސް ސާފްގައި ކުޅޭ 20 އަަހަރުން ދަށުގެ ޓީމަށް ކުޅުންތެރިން ނެގުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެވެ.
ޑައިމަންޑް ޖޫބިލީ 19 އަހަރުން ދަށުގެ މުބާރާތުގެ ދައުވަތު ދީފައިވަނީ، ސީއެޗްއެސްއީ މާލެ، ސީއެޗްއެސްއީ ހުޅުމާލެ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، އަދ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަށެވެ.
ސާފް 20 އަހަރުން ދަށުގެ މުބާރާތް: ރާއްޖޭން ފުރަތަަމަ މެޗުގައި ލަންކާއާ ދެކޮޅަށް ސާފް 20 އަހަރުން ދަށުގެ މުބާރާތް: ރާއްޖޭން ފުރަތަަމަ މެޗުގައި ލަންކާއާ ދެކޮޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ