ވިންޑްސާގައި ހުންނަ އެންޑްރޫ މައުންޓްބެޓަންގެ ގެއިން އޭނާ ނޯފޯކްގައި ހުންނަ ސޭންޑްރިންހަމް އެސްޓޭޓަށް ބަދަލުވެވަައިގެންފައިވާ ކަމަށް ބީބީސީން ބުނެފި އެވެ.
ކުރީގެ ޕްރިންސް، ރޯޔަލް ލޮޖުން ނުކުމެވަޑައިގަތީ މިދިޔަ ހޯމަ ދުވަހުގެ ރޭގަ އެވެ. މިހާރު އޭނާ ދިރިއުއްވަމުން ގެންދަވަނީ ސޭންޑްރިންހަމް އެސްޓޭޓްގައި ހުންނަ ވަގުތީ ގެއެއްގަ އެވެ. އެ ގޭގައި އޭނާ ދިރިއުޅުއްވާނީ އޭނާގެ ދާއިމީ ގެކޮޅު މަރާމާތު ކުރުމުގެ މަސައްކަތް ނިމެންްދެކަށެވެ.
ބަކިންހަމް ޕެލަސް އިން ބުނީ މައުންޓްބެޓަން ރޯޔަލް ލޮޖުން އޮކްޓޫބަރު މަހު ބަދަލުވާނެ ކަމަށެވެ. ހަމަ އެއާ އެކުއެކީ އޭނާގެ ޕްރިންސްގެ ލަގަބު ވެސް ބާތިލުކޮށްފައިވެ އެވެ.
މައުންޓްބެޓަން-ވިންޑްސާއަކީ ކުޑަކުދިންނާ ގުޅުން ހިންގި، ފައިނޭންސަރު ޖެފްރީ އެޕްސްޓީންއާ ދެމެދު އޮތް ގުޅުމާ ބެހޭ ގޮތުން އެމެރިކާގައި ހެކި ހުށަހެޅުމަށް ޕްރެޝަރު ބޮޑުވަމުން އަންނަ ބޭފުޅެކެވެ. ނަމަވެސް މައުންޓްބެޓަން-ވިންޑްސާ އަބަދު ވެސް އަންނަނީ އެއްވެސް ކުށެއް ނުކުރާ ކަމަށް އިންކާރު ކުރައްވަމުންނެވެ.
ފަހުން އޭނާ ދިރިއުޅުއްވާނީ އެސްޓޭޓްގައި ހުންނަ މާޝް ފާމްގަ އެވެ.
މައުންޓްބެޓަން-ވިންޑްސާ އޭނާގެ ބާކީ ހުރި ތަކެތި ނެގުމަށް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ވިންޑްސާއަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ބެލެވުނު ނަމަވެސް، އޭނާގެ ދާއިމީ ގެކޮޅު މިހާރު ހުރީ ނޯފޯކްގަ އެވެ. އޭނާގެ ކުރީގެ ލަގަބަކީ ޑިއުކް އޮފް ޔޯކް އެވެ.
އޭނާ އެންމެ ފަހުން މިދިޔަ ހޯމަ ދުވަހު ފެނިފައިވަނީ އަސް ދުއްވަން އުޅުއްވަނިކޮށެވެ.
އެންޑްރޫ ރޯޔަލް ލޮޖުން ނުކުމެެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ