ޖަލާލުއްދީން ސްކޫލް ޕީޓީއޭއިން ޓްރޭޑް ފެއާއެއް ބާއްވަނީ

ޖަލާލުއްދީން ސްކޫލްގެ ޕީޓީއޭއިން އިސްނަގައިގެން ޓްރޭޑް ފެއަރ ބާއްވަން ނިންމައިފި އެވެ. އެ ސްކޫލުން ބުނީ މި ފެއާ އޮންނާނީ މި އަހަރު ޑިސެމްބަރު މަހު ކަމަށެވެ.
ޑިސެމްބަރު 15 ން 17 ގެ ނިޔަލަށް ޖަލާލުއްދީން ސްކޫލްގައި ކުރިއަށްދާ ޓްރޭޑް ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ އޮކްޓޫބަރު މަހު 20 ވަނަ ދުވަހުގެ ކުރިން 6528859 / 9939405 ނަންބަރު ފޯނަށް ގުޅާ ނަން ނޯޓް ކުރުމަށް އެ ސްކޫލުން ވަނީ އެދެފަ އެވެ.
ކުލާސް ރޫމްތައް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ގޮތް:
އިމާރާތުގެ ތިރީބައިން ރޫމެއް -/2500 ރުފިޔާއަށް (ތިރީ ބުރީގެ 14 ރޫމް ދޫކުރުމަށް ހަމަޖެހިފައިވަނީ ތިރީ ރޫމްތަކަށް އެދި ނަން ނޯޓް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 14 ފަރާތަކަށް)އިމާރާތުގެ މަތީބައިން ރޫމެއް -/2000 ރުފިޔާއަށްހޯލް ދޫކުރުމަށް ހަމަޖެހިފައިވަނީ -/8000 ރުފިޔާއަށްވުރެ މަތިން އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށްކެންޓީން ދޫކުރަން ހަމަޖެހިފައިވަނީ -/4000 ރުފިޔާއަށްވުރެ މަތިން އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް
ޖަލާލުއްދީން ސްކޫލް ޕީޓީއޭއިން އިންތިޒާމްކޮށްގެން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބޮޑު ބަންދާ ދިމާކޮށް ބާއްވާ ވިޔަފާރިވެރިންގެ މިފެއަރ އަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފެއަރ އެކެވެ. ގިނަ އަދަދެއްގެ މުދާ އެތަންނަކުން ހެޔޮ އަގުގައި ލިބެންހުންނަ މިފެއަރ އަކީ ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ޓްރޭޑްފެއަރ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ