ޕޯސްޓްމޯޓަމް ހަދަން އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހޯމަދުވަހު ފޮނުވަނީ

ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަން ނިންމައިފިއެވެ.
ރަޝީދުގެ މަރާ ގުޅިގެން އާއިލާއިންނާ، އެރަށުގެ ރަޔިތުން ބޮޑެތި ތުހުމަތު ތަކެއް ފުލުހުންގެ މައްޗަށް ކޮށްފައިވާއިރު ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބުނެފައި ވަނީ ރަޝީދުގެ ހަށިގނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަން ނިންމާފަވަނީ މައްސަލައިގެ އިންސާފަށް ވާސިލުވުމަށް ކަމަށެވެ.
ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިޔާއަށް ފޮނުވުމަށް ނިންމާފައިވަނީ މަހުގެ 31 ވާ ހޯމަދުވަހު އެވެ.
މި މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯނޑެއްދޫ އަބްދުﷲ ރަޝީދުގެ އާއިލާއިން ވަނީ އޭނާގެ ހަށިގަނޑު ހަވާލުކޮށްދިނުމަށް ތަކުރާރުކޮށް އެދިފައެވެ.
އާއިލާގެ ރުހުމަކާއި ނުލައި އަބްދުﷲ ގެ ޕޯސްޓުމޯޓަމް ހެދުމަށް ނިންމާފައިވާ އިރު މިއީ ގޮތް ނޭނގޭ މަރެއް ނޫންކަމާއި، ހަށިގަނޑުގެ ބޭރުފުށުގައި އަނިޔާގެ އެއްވެސް ނިޝާނެއް ނެތުމުގެ އިތުރުން ހެލްތް ސެންޓަރުގެ ރިޕޯޓުގައި އަބްދުﷲ މަރުވީ ސަޑެން ކާޑިކް އެރެސްޓެއްގެ ސަބަބުންކަމަށް ވާތީ އާއިލާއިން އެދެނީ އިތުރު އެއްވެސް ޓެސްޓުތަކެއް ކުރިޔަށް ނުގެންދިއުމަށެވެ.
އަބްދުﷲ ގެ ޕޯސްޓުމޯޓަމް ހަދައިގެން، ފުލުހުން އޭނާއާއި މެދު ވީ އިހުމާލުތައް ނުފެންނާނެކަމަށާއި، އެހެން ކަމުން ހަށިގަނޑަށް އިތުރު އެއްވެސް ގެއްލުމެއް ދޭން ބޭނުން ނުވާކަމަށް ތަކުރާރުކޮށް އާއިލާއިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ