ހަމާސްއިން އަމާން ނުދޭނަމަ އަލުން ހަނގުރާމަ ފަށަންޖެހިދާނެ: އިސްރާއީލް

ހަމާސް ޖަމާއަތުން ހަތިޔާރު ބަހައްޓައި އަމާންނުދީފިނަމަ، ޣައްޒާގައި އަލުން ހަނގުރާމަ ފަށަންޖެހިދާނެ ކަމުގެ އިންޒާރު އިސްރާއީލުން ދީފިއެވެ. މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އިއުލާންކޮށްފައިވާ "ސުލްހައިގެ" އެއްބަސްވުން އުވާލައި، ހަމާސްގެ މުޖާހިދުންގެ ކިބައިން ހަތިޔާރު އަތުލުމަށް މަޖުބޫރުކުރުވުމުގެ ގޮތުން އަސްކަރީ ވަރުގަދަ ހަމަލާތަކެއް އަލުން ފެށުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ ބާރުއަޅަމުންނެވެ.
މިސްރުގެ ގާހިރާގައި މެދުވެރިން ދަނީ އެމެރިކާގެ އެހީތެރިކަމާއެކު ނިކޮލައި މިލަޑެނޯވް ހުށަހަޅާފައިވާ އައު ރޭވުމެއް ގަބޫލުކުރުމަށް ފަލަސްތީނުގެ ޖަމާއަތްތަކަށް މަޖުބޫރު ކުރަމުންނެވެ. މި ރޭވުމަކީ 281 ދުވަހުގެ ތެރޭގައި ހަމާސްގެ ހަތިޔާރު އެއްކޮށް އަތުލުމަށް އެމެރިކާގެ ރައީސް ޓްރަމްޕްގެ "20 ނުކުތާގެ ތަސައްވުރު" ގެ މައްޗަށް ބިނާކޮށްފައިވާ ރޭވުމެކެވެ. މީގައިވާ ގޮތުން ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީއާއި ގައުމު އާބާދުކުރުމުގެ ފުރުސަތު ދޭނީ ހަމާސްއިން ހަތިޔާރު ހަވާލުކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ