ސްރީލަންކާގައި އެޗްއެސްބީސީ އިން އާންމުންނަށް ދެމުން އައި ބޭންކިން ނުވަތަ ކޮންސިއުމާ ބޭންކިން ހިދުމަތްތައް ރަސްމީކޮށް ހުއްޓާލައިފި އެވެ.
ވީ ކިހިނެއް؟ - އެޗްއެސްބީސީގެ ރީޓެއިލް ވިޔަފާރި ލަންކާގެ ނޭޝަންސް ޓްރަސްޓް ބޭންކް (އެންޓީބީ) އަށް ވިއްކާލުމުގެ މުއާމަލާތް ނިމުމާ އެކު މިދިޔަ ހުކުރު ދުވަހުން ފެށިގެން އެޗްއެސްބީސީގެ ކަސްޓަމަރުންނަށް ހިދުމަތް ދެމުން އަންނަނީ އެންޓީބީ މެދުވެރިކޮށެވެ.
ތަފްސީލް - މި ބަދަލު ގެނެސްފައިވަނީ މިދިޔަ ސެޕްޓެމްބަރުގައި ދެ ބޭންކުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މިކަމަށް ލަންކާގެ ސެންޓްރަލް ބޭންކުން ހުއްދަ ދީފައިވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. މި ބަދަލާއެކު:
އެޗްއެސްބީސީގެ ކްރެޑިޓް ކާޑު، ޕާސަނަލް ލޯނު އަދި ޕްރިމިއާ ބޭންކިންގެ ހިދުމަތް ހޯދަމުން އައި 200،000 އެއްހާ ކަސްޓަމަރުން ވަނީ އެންޓީބީއަށް ބަދަލުކޮށްފައި
އެޕްރީލް 30ގެ މެންދުރުފަހު 3ގައި އެ ބޭންކުގެ ހުރިހާ ބްރާންޗްތަކާއި އެކްސްޕްރެސް ބޭންކިން ސެންޓަރުތަކުގެ އިތުރުން އޭޓީއެމްތައް ވަނީ ބަންދުކޮށްފައި
ލަންކާގައި އެޗްއެސްބީސީގެ އާންމު ބޭންކިން ހިދުމަތްތައް ހުއްޓާލިއިރު، މީގެ ދެ އަހަރު ކުރިން ރާއްޖޭގައި ހިންގަމުން އައި އެ ބޭންކުގެ ބްރާންޗް ވެސް ވަނީ ބަންދުކޮށްފަ އެވެ. އެގޮތުން:
މެއި 2024 ގައި "އެޗްއެސްބީސީގެ ރާއްޖެ ބްރާންޗް 22 އަހަރަށް ފަހު ބަންދުކޮށްފައި
ލަންކާގައި އެޗްއެސްބީސީން އާންމު ބޭންކިން ހުއްޓާލުމާ އެކު ސްރީލަންކާގެ ރަސްމީ ފޭސްބުކް ޕޭޖު ވެސް މިހާރު ވަނީ ޑައުންކޮށްފަ އެވެ. އަދި ފާއިތުވި އަހަރުތަކުގައި ކަސްޓަމަރުން ބެހެއްޓި އިތުބާރާއި ބޭއްވި ގާތް ގުޅުމަށް އެ ބޭންކުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އެޗްއެސްބީސީން ލަންކާގައި ހިދުމަތް ދިނުން ވެސް ހުއްޓާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ