ގުގުރާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި
ގުގުރުމާއި ވިދުމުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ތައްޔާރުވެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.މޫސުމާ ބެހޭ ޤައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:10 އިން މެންދުރު 1:00 އާ ހަމައަށެވެ. ސަމާލު ނެރެފައިވަނީ ބާރަށް ގުގުރާނެކަމަށް ލަފާ ކުރެވޭތީ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ބާރޭވެހޭނެކަމަށް މެޓް އޮފީހުން ވަނީ ލަފާކުރައްވާފައެވެ. މިއީ 2 މޫސުން ބެދޭތީ ކުރާ ވިއްސާރައެއްކަމަށް މެޓް އޮފީހުން ބުންޏެވެ.ގުގުރުމާއި ވިދުމުން ލިބޭ ގެއްލުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައްހާމަ ތަންތަނާއި ޓެރެސް ފަދަ އުސް ތަންތަނުން ދުރުހެލިވުން.އިމާރާތް ތެރޭގައި ތިބުން.ބޭރުގައިނަމަ ވިއްސާރައިން ހިޔާވުމަށް އުސް ތަންތަން ކައިރީ އަދި ގަސް ދަށުގައި ނުތިބުން.އިލެކްޓްރޯނިކް ތަކެތި ކަރަންޓުން ނައްޓާލުމާއި އެތަކެތި ބޭނުންކުރުމުން ދުރުހެލިވުން.ފެންބޮޑުވެފައިވާ ސަރަހައްދުތަކާއި ތެމިފައިވާ ތަކެއްޗާއި ދަގަނޑު ތަކެތިން ދުރުހެލިވުން.މާލެއަށް މި ފަހުން ކުރި ވިއްސާރައިގައި ވެސް ވަރަށް ބާރަށް ގުގުރައި، އިމާރާތަކަށް ހޮނުވެސް އެޅި އެވެ. ހާއްސަކޮށް، ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް އެކަންވީ ގެއްލުން ބޮޑު ބިރުވެރި ތަޖުރިބާއަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ