މީހުން ތަމްރީނުކުރުން ހިމެނޭ ގޮތަށް ރާއްޖެ އާއި ލަންކާއިން 7 އެމްއޯޔޫއެއްގައި ސޮއިކޮށްފި

ސްރީ ލަންކާ އާއި ރާއްޖެއާ ދެމެދު ހަތް ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫތަކެއްގައި މިއަދު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މި އެމްއޯޔޫތަކުގައި ސޮއިކުރީ، ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަށް ރަސްމީކޮށް މަރުހަބާ ދެެންނެވުމަށް، ލަންކާގެ ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިޔާތެއްގަ އެވެ.
ތަފްސީލް - މި ރަސްމިޔާތު ފެށުމުގެ ގޮތުން، ހަތް ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫތަކެއްގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް
އަރުޝީޕު ކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް
ޓީޗަރުންނާއި ސްކޫލުތަކުގެ ލީޑާޝިޕް ތަމްރީނުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް
ކުޅިވަރާއި ޒުވާނުންނުން ތަރައްގީކުރުމަށް ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް
މަތީ ތައުލީމާއި ވޮކޭޝަނަލް ތައުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް
ޑިފެންސް އެޑިއުކޭޝަނާއި ތަމްރީން އަދި ރިސާޗު ކޯޕަރޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް
އެކަޑަމިކް ކޯޕަޜޭޝަންގެ ދާއިރާއިން ގުޅުންބަދަހިކުރުމުގެ އެއްބަސްވުމެއް
މި ރަސްމިޔާތުގައި، ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކަ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް 21 ބަޑީގެ ސަލާމެއް އެރުވި އެވެ. މި ރަސްމިއްޔާތަށް ފަހު ދެ ގައުމު ދެމެދު ރަސްމީ މަޝްވަރާތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގައި، މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ލަންކާގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ