ދިފާއީ ދާއިރާއާ ހިމެނޭހެން 7 ދާއިރާއަކުން ރާއްޖެ އާއި ލަންކާއާ ދެމެދު އެއްބަސްވުންތަކެއް

ސްރީ ލަންކާ އާއި ރާއްޖެއާ ދެމެދު ހަތް ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެމްއޯޔޫތަކެއްގައި މިއަދު ސޮއިކޮށްފި އެވެ.ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށްޓަކައި ސޮއިކުރި ހަތް ފަހުމުނާމާ އަކީ...• ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން އާކުރުން• އަރުޝީފު ބެލެހެއްޓުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން• މުދައްރިސުންނާއި ސްކޫލްތަކުގެ އިސްވެރިން ތަމްރީނުކުރުމާއި ހުނަރު ތަރައްޤީކުރުން• ކުޅިވަރާއި ޒުވާނުން ބިނާކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން އާކުރުން• ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުން• ދިފާޢީ ދާއިރާގެ ތަޢުލީމާއި، ތަމްރީނާއި، ދިރާސާކުރުމުގެ އެއްބަސްވުން އާކުރުން• ޔުނިވަރސިޓީ އޮފް ކޮލަމްބޯ އާއި ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ ދެމެދު ތަޢުލީމީ ގުޅުން ބަދަހިކުރުންރައީސް މުއިއްޒު ވިދާޅުވީ އިންވެސްޓަރުންނާ ގާތް މާހައުލެއް ގާއިމުކުރުމާއި ވިޔަފާރީގެ އާ ފުރުސަތުތަކެއް ފަހިކުރުމަށް ވެސް ދެ ބޭފުޅުންގެ މެދުގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މާދަމާ ލަންކާގައި ބާއްވާ ބިޒްނަސް ފޯރަމަކީ ރާއްޖެ-ލަންކާ ގުޅުވައިދޭނެ މަގެއް ކަމަށާއި އެއީ ރާއްޖޭގައި ހުރި ފަހި ފުރުސަތުތަކާ ގުޅޭ މައުލޫމާތުތައް ލިބޭނެ ފޯރަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ