އެންސްޕާގެ ސީއީއޯއަކަށް ޝިރުނާ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޝިރުނާ އައްޔަން ކުރައްވައިފިއެވެ.
ޞިއްޙީ ވުޒާރާގެ ދަށުން ހިންގަމުން އަންނަ އެޗްޕީއޭ އާއި ދަމަނަވެށި އަދި ބްލަޑް ސަރވިސްގެ މަސައްކަތްތައް ޝިރުނާ ގެންދަވަނީ ބަލަހައްޓަވަމުންނެވެ. 23 އަހަރުވަންދެން ނަރުހެއްގެ ވަޒީފާ އަދާކުރެއްވި ޝިރުނާވަނީ މިދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައެވެ.
އެންސްޕާގެ ސީއީއޯގެ މަޤާމަށް އާމިނަތު ޝިރުނާ އައްޔަންކުރެއްވުމާއި ގުޅިގެން ޞިއްޙީ ވުޒާރާއިން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ.
އެންސްޕާއަށް އައު ސީސީއޯއެއް އައްޔަން ކުރެއްވީ ކުރިން އެމަޤާމުގައި ހުންނެވި ހީނާ ވަލީދު، ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ