ރާއްޖެއިން މިއަހަރުގެ ޙައްޖުގައި ބައިވެރިވާ ޙައްޖު މިޝަންގެ ޓީމް، ސަޢުދީއަށް ފުރައިފިއެވެ. ރާއްޖޭގެ ޙައްޖު މިޝަންގައި 10 މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.
ރާއްޖެއިން ޙައްޖަށްދާ ޙައްޖުވެރިން ފުރުމުގެ ކުރިން ސަޢުދީގައި ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ބަލައި އިންތިޒާމުތައް ހަމަޖެހިފައިވާކަން މިޝަނުން ކަށަވަރު ކުރާނެއެވެ. އެގޮތުން މައްކާ ހޮޓަލާއި، ޙައްޖުގެ މަޝާޢިރުތަކާއި، ދަތުރުފަތުރާއި، ކެންއިންބުއިމާއި، ސިއްޙީ އެންމެހާ އިންތިޒާމްތަކާއި ތައްޔާރީތައް ބަލާ، ސަޢުދީ ޙައްޖު މިނިސްޓްރީގެ މިންގަނޑަށް ހަމަޖައްސަފަވާކަން ކަށަވަރު ކުރާނެއެވެ.
ޙައްޖު މޫސުމާއި ދިމާކޮށް މައްކާގައި ޤާއިމު ކުރާ ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔަކަށް މިއަހަރު ހަމަޖައްސަވާފައިވަނީ، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނަރަލް، އައްޝައިޚް އިމްތިޠާއު ޢައްބާސްއެވެ.
މިއޮފީހަކީ، ޙައްޖުގެ އެންމެހާ އިންތިޒާމްތައް ވިލަރެސްކޮށް ބެލެހެއްޓުމަށް ކޮންމެ އަހަރަކުވެސް ކަނޑައަޅާ، ޙައްޖު މިޝަންގެ ދަށުން މައްކާގައި ޤާއިމުކުރާ އޮފީހެކެވެ. މިއަހަރު ހައްޖުގައި ރާއްޖޭގެ ފަރާތުން އިޝް ޝައިޙެއްގެ ގޮތުގައި ޙައްޖުގައި ބައިވެރިވެ ވަޑައިގަންނަވާނީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ޙުސައިންއެވެ.
ރާއްޖެއިން ޙައްޖަށްދާ ފުރަތަމަ ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 15 ވަނަ ދުވަހުގައެވެ.
ރާއްޖޭގެ ޙައްޖު މިޝަން ސަޢުދީއަށް ފުރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ