ވަރަށް ހޫނު ގަދަ ދުވަސްތަކަކަށް ފަހު، ދެން އޮތީ ގިނަ ދުވަސްތަކަކަށް ވިއްސާރަ އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް، އޮފީހުން އިއްޔެ ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް، އާއްމުކޮށް ވެހޭ ވަރަށް ވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެ އެވެ.
މެޓުގެ މޫސުމާ ބެހޭ އާއްމު ތަފާސްހިސާބުތަކަށް ބަލާއިރު ވެސް ހުޅަނގު މޫސުމުގެ މި ދުވަސްވަރު ގިނައިން ވާރޭ ވެހެ އެވެ. އެކަމަކު އެއަށް ވުރެ އިތުރަށް ވެހޭނެ ކަމަށް ބުނެފައި އެވަނީ، އެތަނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މިދިޔަ 30 އަހަރުގެ މޫސުމީ މައުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ވެހޭނެ ވާރޭ އިތުރުވާނެ ކަމަށް ލަފާކުރެވޭތީ އެވެ.
އޮފިޝަލު ވިދާޅުވީ ވާރޭ ވެހޭ ނިސްބަތުގެ އާއްމު މިންވަރުގެ ގޮތުގައި ބަލަނީ %90 އާއި %110 އާ ދެމެދު ހުންނަ ކަމަށް ވާ ނަމަ އެވެ. އެއަށް ވުރެ ދަށް ވެއްޖެ ނަމަ އެއީ ބިލޯ ނޯމަލް ނުވަތަ އާއްމުކޮށް ވެހޭ މިންވަރަށް ވުރެ މަދެވެ. ޖޫނުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް އާއްމު މިންވަރަށް ވުރެ އިތުރުވާނެ ކަމަށް ބުނެފައި އެވަނީ، %90 އާއި %110އަށް ވުރެ މައްޗަށް ދާނެތީ އެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވާރޭ ވެހޭނެ ކަަމަށް ބެލެވެ އެވެ.
މެޓު އޮފީހުން ބުނިގޮތުގައި މި ފޯކާސްޓް ތައްޔާރުކުރަނީ އޭޕްރީލް މަހު ހުންނަ މޫސުމީ ހާލަތަށާއި މޫސުމަށް ބަދަލު އަައުމަށް މެދުވެރިވާ ސަަބަބުތަކަށް ރިއާޔަތްކޮށްގެންނެވެ.
ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް މި ދުވަސްވަރު މޫސުން ގޯހެވެ. މިއަދު މެންދުރު ފަހު އެކެއް ޖަހަންދެން، ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ.
މެޓު އޮފީހުން ބުނިގޮތުގައި މިހާރު މި ކުރަނީ އިރުވައި ނިމި، ހުޅަނގަށް އެޅޭއިރު ކުރާ، 'ދެ މޫސުން ބެދޭ' ވިއްސާރަ އެވެ. ހުޅަނގު މޫސުން ރަސްމީކޮށް ރާއްޖެއަށް ފެށޭނީ މި ހަފުތާ ނިމޭކޮޅު ނުވަތަ އަންނަ ހަފުތާގެ ކުރީކޮޅެވެ.
މިއަދުގެ މޫސުމަށް ބަލާއިރު:
ބޮޑު ބަޔަކަށް ވިއްސާރަކުރުމާ އެކު ގުގުރާނެ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ
ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވޭ
ކަނޑު އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ
މޫސުމަށް ބޮޑު ބަދަލެއް: ދެން އޮތީ ގިނައިން ވިއްސާރަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ