ރާއްޖެ އާއި ލަންކާއާ ދެމެދު ހަތް އެމްއޯޔޫއެއްގައި ސޮއިކޮށްފި

ސްރީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަގެ ދައުވަތަކަށް، ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ސްރީލަންކާ އަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި 7 އެމްއޯޔޫ އެއްގައި ސޮއި ކޮށްފިއެވެ.
މިގޮތުން ސޮއި ކުރެވުނު އެމްއޯޔޫ ތަކުގެ ތެރޭގައި ހިމެނެނީ، ފަތުރުވެރިކަމުގެ ދާއިރާއި، އަރުޝީޕު ކުރުމުގެ ދާއިރާއާއި، ޓީޗަރުންނާއި ސްކޫލުތަކުގެ ލީޑާޝިޕް ތަމްރީނުގެ ދާއިރާއާއި، ކުޅިވަރާއި ޒުވާނުންނުން ތަރައްގީކުރުމުގެ ދާއިރާއާއި، މަތީ ތައުލީމާއި ވޮކޭޝަނަލް ތައުލީމުގެ ދާއިރާއާއި، ޑިފެންސް އެޑިއުކޭޝަނާއި ތަމްރީން އަދި ރިސާޗު ކޯޕަރޭޝަންގެ ދާއިރާގެ އިތުރުން އެކަޑަމިކް ކޯޕަޜޭޝަންގެ ދާއިރާ އެވެ.
މި އެމްއޯޔޫތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި، ސްރީލާންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކަ ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ