ރާއްޖޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެން މި ފެށީ، އަމިއްލަ އިހުމާލުން: ރައީސް މައުމޫން

ރާއްޖޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެން މި ފެށީ، އަމިއްލަ އިހުމާލުންކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަލުވިކަމާއެކު ކޯވިޑް ފެތުރެން މި ފެށީ އަމިއްލަ އިހުމާލުންކަމަށާއި، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ކަމޭނުހިތުމުގެ ސަބަބުންކަމަށެވެ.
މީގެ އިތުރުން ރައީސް މައުމޫނު ވަނީ، މިހާ ހިސާބުން ވެސް ގޭގައި ތިބުމަށާއި، ޖިސްމާނީ ދުރުމިން ނުވަތަ ފިޒިކަލް ޑިސްޓެންސިން ހިފެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.
”ހިތާމައާ އެކު ދަންނަވަން. ރާއްޖޭގައި ހަލުވި ކަމާ އެކު ކޯވިޑް ފެތުރެން އެ ފެށީ އިރުޝާދު ތަކަށް ކަމޭ ނުހިތާތީ. އަމިއްލަ އިހުމާލުން. ދެންވެސް ގޭގައި ތިއްބަވާ! ޖިސްމާނީ ދުރުމިން ހިފަހައްޓަވާ! ﷲ ގެ ރަޙްމަތަށް އެދެން.“ ރައީސް މައުމޫން
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު، މި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 27 އަށް އަރައެވެ. އެ މީހުންގެތެރޭގައި މާލެއިން، ބައްޔަށް ޕޮޒިޓިވްވި 7 މީހުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ