ދިރާގުން ގޭމް ކުޅުންތެރިންނަށް ހާއްސާ ޑޭޓާ އެޑްއޮންތަކެއް

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ން ގޭމިން ކޮމިއުނިޓީއަށް ހާއްސަ 'ގޭމްއޮން' ޑޭޓާ އެޑްއޮންތަކެއް ތައާރަފުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ގޭމިން ދާއިރާ ކުރިއަރުވައި އިތުރު ހަރުފަތަކަށް ގެންދިއުމަށް ޑީޖީޖީން ކުރާ މަސައްކަތުގެ ދަށުން ތައާރަފުކުރި މި އެޑްއޮންތަކަކީ، ގޭމް ކުޅުންތެރިންނަށް ބޭނުންވާ ހަލުވި އަދި ފެންވަރު ރަނގަޅު އިންޓަނެޓް ފޯރުކޮށްދިނުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ.
ތަފްސީލް - ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ބޭނުންކުރާ ގޭމް ކުޅޭ ފަރާތްތަކުގެ ތަފާތު ބޭނުންތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި އެޑްއޮންތަކުގެ ދަށުން:
ގޭމްއޮން ޕްލޭންތައް 100ރ.އިން ފެށިގެން ލިބޭނެ 
މި ޕްލޭންތަކުގެ ތެރޭގައި 100ޖީބީ، 200ޖީބީ އަދި ގޭމްއޮން ލިމިޓްލެސް އެޑްއޮންތައް ހިމެނޭ 
މި އެޑްއޮންތައް 1 ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ބޭނުންކުރެވޭނެ
ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑީޖީޖީ ވެބްސައިޓް މެދިވެރިކޮށް ފަސޭހަކަމާ އެކު މި އެޑްއޮންތައް އެކްޓިވޭޓްކުރެވޭނެ އެވެ.
އެޑްއޮން އެކްޓިވޭޓް ކުރުމަށް:
ޑީޖީޖީ ވެބްސައިޓްގެ 'ޕްރޮޑަކްޓްސް'އަށް ދިއުމަށް ފަހު، ބޭނުންވާ އެޑްއޮންއެއް އިހްތިޔާރުކޮށް، ފޯނު ނަންބަރު ޖަހައިގެން ކުރިއަށް ދެވޭނެ 
ފޯނަށް ލިބޭ ވަން-ޓައިމް ޕާސްވޯޑް ނުވަތަ އޯޓީޕީ ވެރިފިކޭޝަން ފުރިހަމަ ކުރުމަށް ފަހު އެޑްއޮން ވަގުތުން އެކްޓިވޭޓްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ