ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލު ކުރައްވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ހަވީރު 04:00 ރައީސް ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. މި ބައްދަލުވުން އޮންނާނީ އޮންލައިންކޮށް ކަމަށާއި، ޓީވީ މީޑިއާތަކުން ޕްރެސް ލައިވް ކުރާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރައީސް ސޯލިހް އެންމެ ފަހުން ނޫސްވެރިންނާއި ބައްދަލު ކުރެެއްވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެއީ ކޮވިޑު-19 ގެ ފިޔަވަޅުތައް ލުއިކޮށް، ބަލިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މިއަދު ރައީސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ، އެމްޑީޕީގެ ”ރަށްވެހި ފަތިސް“ ކެމްޕެއިނަށް ޕާޓީ އޮފީހުގައި އޮތް ބައްދަލުވުމެއް ނިންމަވާފައި ރައީސް ބޭރަށް ނިކުމެވަޑައިގަތް ވަގުތު ނޫސްވެރިންތަކެއް މަގުމަތިން ސުވާލު ކުރުމުންނެވެ.
ވެރިކަމަށް ވަޑައިގެން ރައީސް ސޯލިހް ވަނީ ކޮންމެ މަހަކުވެސް ނޫސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށް ވިދާޅިވެފައެވެ.
ރައީސް ސޯލިހު ނޫސްވެރިންނާއި ބައްދަލު ކުރެއްވުން މިއަދު ހަވީރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ