ދިވެހި ދަނޑުތަކުގައި އުފައްދާ ކާނާގެ ބާވަތްތަކަކީ ރައްކާތެރިކޮށް ހައްދާ ތަކެތިކަން ކަށަވަރުކުރުމަށް ދަނޑުވެރިންނާއި ކައުންސިލްތަކުގެ ވެރިންގެ ކިބައިން ކުޅުދުއްފުށީ މޭޔަރު އެދިވަޑައިގަންނަވައިފި އެވެ.
ބޮޑުތިލަދުންމަތީގެ ދަނޑުވެރިންގެ އުފެއްދުންތައް ވިއްކާ އެންމެ ބޮޑު ބާޒާރުކަމުގައިވާ ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ތަރައްގީކޮށް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދަނޑުވެރިންގެ ކިބައިންނާއި ކައުންސިލްތަކުގެ ކިބައިން އާތިފް އެދިލެއްވީ މި ބާޒާރުގައި ވިއްކާ ދަނޑުވެރިކަމުގެ ބާވަތްތަކަކީ އެންމެ ރައްކާތެރިކޮށް އުފައްދާ ތަކެތިކަން ކަށަވަރުކޮށްދިނުމަށެވެ.
"ކުޅުދުއްފުށީގައި މި ވިއްކާ ދަނޑުވެރިކަމުގެ ކާބޯތަކެއްޗަކީ އެންމެ ރައްކާތެރި ކާބޯތަކެތިކަމުގައި ކަށަވަރުކުރުމަށް މަސައްކަތްކޮއްދެއްވުމަށް ރަށްރަށުގެ ވެރިންގެ ކިބައިން އަޅުގަނޑު އެދެން." އާތިފް ވިދާޅުވި އެވެ.
ފަހަކަށް އައިސް ދަނޑުވެރިކަމުން އުފައްދާ ތަކެތި އަވަހަށް ދޮންކުރުމަށާއި ގަސް ހެއްދުމަށް ފަސޭހަކުރުމަށް އާދަޔާ ހިލާފަށް ގިނައިން ކެމިކަލް ބޭނުންކުރާކަމުގެ ޝަކުވާ ބޮޑެވެ. އެކަން ފާހަގަކުރައްވަމުން އާތިފް ވިދާޅުވީ، ބައެއް ފަހަރު ގިނައިން ކެމިކަލް ބޭނުންކުރެވެނީ އެކަމުގެ ފުރިހަމަ މައުލޫމާތު ނޭނގި ތިބެ ކަމަށާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދަނޑުވެރިން މިހާރަށްވުރެ އަހުލުވެރިކުރުމަށް ޕްރޮގުރާމުތައް ހިންގުމަށް އެދިލެއްވި އެވެ.
އެކަމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އެހީތެރިކަން ދަނޑުވެރިންނަށާއި ކައުންސިލްތަކަށް ލިބޭނެކަމުގެ ޔަގީންވެސް މޭޔަރު އާތިފް ދެއްވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ، މިތަން ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް މިތަނުގައި ވިއްކަން ވާނީ ދިވެހި ދަނޑުތަކުގައި އުފައްދާ ދިވެހި އުފެއްދުންތަކުގައި ހެދުމަށްށާއި ތަން ބޭނުންކުރުމުގައި ވީހާވެސް ދިގު މުއްދަތަކަށް ތަން ބޭނުންކުރެވޭނެ އަމަލުތައް ބެހެއްޓުމަށް އެދިލެއްވި އެވެ.
ދަނޑުވެރިންގެ ކިބައިން އާތިފް އެދިލެއްވީ ކާނާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ