ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް، ކަރަންޓު ކެނޑިދާނެ

ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރިއަށްގެންދާތީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް މާލޭސިޓީގައި މިއަދު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން މިއަދު ހެނދުނު 10:00 ން 12:00 ށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވަނީ މާލެ ސިޓީ، ހެންވޭރު، އަމީރު އަހުމަދު މަގާއި، ސީސަންމަގު އަދި ރޯޝަނީމަގު ހިމެނޭ ސަރަހައްދުންނެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ހެންވޭރު، އަމީރު އަހުމަދު މަގާއި، ސީސަންމަގު އަދި ރޯޝަނީމަގު ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 10:00 ން 12:00 ށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް. ދިމާވެދާނެ ދަތިތަކަށް މަޢާފަށް… pic.twitter.com/c4NYOeYHWN
— STELCO (@STELCOMALDIVES) June 17, 2024
މާލެސަރަހައްދުގައި ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓެލްކޯއިން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ