ހިސްޓޯ ޕީއެންސީން ކެނޑިގެން ޔާމީން ޕާޓީއަށް

ޕީއެންސީގެ ސެކެރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި ކުރީގެ މަޖިލިސް މެންބަރު ޝިފާޤް މުފީދު (ހިސްޓޯ އެސްޖީ ކަމުން އިސްތިއުފާ ދެއްވައި އެޕާޓީން ވަކިވެވަޑައިގަންނަވައިފިއެވެ.ޕީއެންސީގެ މިހާރުގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ޝިފާގު ވަނީ ޕީއެންސީގެ މިހާރުގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲއަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ."މަނިކިފާނާއި އަޅުގަނޑު ނިސްބަތްވާ ޕާޓީ ހިނގާ މަގަކީ 'ހައްދުންމަތިން' އަންނަ މީހަކު ޕާޓީ އޮފީސް ތެރެއިން އަޑަފި ހިއްޕަވައިގެން ނުކުންނަވައި، ޕްރޮގްރެސިވް ކޮންގްރެސްގެ އެންމެ މެންބަރުންގެ މޫނަށް "ހައްޕުނޑު" ބުރުވުމުގެ ނޭއްގާނީ އުސޫލު،" ޝިފާގުގެ ސިޓީގައިވެ އެވެ.ހިސްޓޯ ޕީއެންސީން ވަކިވުމާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް އުފެއްދެވުމުގެ މަސައްކަތުގައި އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ހިސްޓޯއަކީ ޔާމީނަށް ވަފާތެރި ބޭފުޅެއް ކަމަށެވެ.ކުރިން ޕީއެންސީގެ އެސްޖީ ކަމުގައި ހުންނެވި ގީލާ އަލީ މަގާމުން އިސްތިއުފާ ދެއްވުމުން ޕީއެންސީގެ ކައުންސިލުގެ އަގުލަބިއްޔަތުން ހިސްޓޯ އެ މަގާމަށް އައްޔަން ކޮށްފައިވަނީ ފާއިތުވި އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ.ޔާމީންގެ ޕާޓީ އުފެއްދުމުގެ ހުއްދަ މިހާރު އިލެކްޝަން ކޮމިޝަނުން އޮތީ ދީފަ އެވެ. ޔާމީން އާ ޕާޓީއެއް އުފައްދަވަނީ ރައީސް މުއިއްޒާއި ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕާ މައްސަލަ ޖެހިވަޑައިގެންނެވެ. ޝިފާގު މީގެ ކުރިން ވަނީ އެމްޑީޕީ. ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމްގައިވެސް މަސައްކަތް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ