އުމަރު ނަސީރުގެ ރަނިންމޭޓް ރައީސް ސޯލިހަށް ތާއިދުކުރަން ނިންމައިފި

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިންމޭޓް އަހުމަދު ސަލީމް (މާޒް ސަލީމް) ، ދެވަނަ ބުރުގައި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމައިފިއެވެ.
ފުރަތަމަ ބުރުގެ ނާކާމިޔާބީ އަށްފަހު އުމަރު ނިންމެވީ އެއްވެސް ކެނޑިޑޭޓެއްގެ ފަހަތަށް ނޭރުމަށެވެ. އަދި އުމަރު ވަނީ 2028 ގެ އިންތިހާބަށް ކެމްޕޭން ކުރަން ފަށާފައެވެ.
ނަމަވެސް މިއަދު އާއްމުވި ފޮޓޯއަކީ، ރައީސް ސޯލިހާއެކު މާޒް ސަލީމް ނަގާފައިވާ ފޮޓޯއެކެވެ. އެކަމާ ގުޅިގެން އުމަރު ވިދާޅުވީ،  މާޒް ސަލީމް އެގޮތަށް ނިންމެވީ ކީއްވެކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެގޮތަށް ނިންމުމުގެ ކުރިން އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައި ނުވާކަމަށް އުމަރު ވިދާޅުވިއެވެ.
“އަޅުގަޑުގެ ރަނިންގްމޭޓް އަހުމަދު ސަލީމް އެމް،ޑީ،ޕީ ކެންޑިޑޭޓް އަށް ތާއީދު ކުރައްވަން ނިންމެވި ނިންމެވުން އެއީ އެބޭފުޅާގެ އަމިއްލަފުޅު ނިންމެވުމެއް. އަޅުގަޑުކުރެން ލަފަޔަކަށް އެދުނު ނަމަ، ވަކިކޮޅަކަށް ނޭރުމަށް ލަފާ އެރުވީމު” އުމަރު ވިދާޅުވިއެވެ.
މީގެއިތުރުން އުމަރު ވިދާޅުވީ، އެކުގައި މަސައްކަތް ކުރެއްވި ކޮންމެބޭފުޅަކީވެސް އަމިއްލަ މިނިވަން ބޭފުޅުން ކަމަށާއި އެ ބޭފުޅުންނަށް އަމިއްލަ ނިންމުން ނިންމެވޭނެ ކަމަށެވެ. އަދި ބޭފުޅުން ކޮންމެ ނިންމެވުމެއް ނިންމެވިޔަސް އެކުވެރިކަމާއި ގާތްކަން އޮންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
Your email address will not be published. Required fields are marked *
ހިޔާލު * document.getElementById("comment").setAttribute( "id", "a37b619ba78e88dace2ea9a3da856f7e" );document.getElementById("bb7c1a6aaf").setAttribute( "id", "comment" );
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male’ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ