ފާރިސް މައުމޫން މަޖިލީހަށް ކުރިމަތިލައްވަން ނިންމަވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވައިފި އެވެ.
ފާރިސް މައުމުން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤައުމު އިޞްލާޙު ކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މުހިންމު ކަން ބޮޑުކަމުން، ކުރިއަށް އޮތް އިންތިޚާބުގައި މައްޗަންގޮޅީ އުތުރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ޤަޞްދު ކުރާކަމަށެވެ. އަދި ފާރިސް ވަނީ އެދާއިރާގެ ރައްޔިތުންގެ ކިބައިން ތާއިދަށް އެދިވަޑައިގެންފައެވެ.
ޤައުމު އިޞްލާޙު ކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މުހިންމު ކަން ބޮޑުކަމުން، ކުރިއަށް އޮތް އިންތިޚާބުގައި މައްޗަންގޮޅީ އުތުރު ދާއިރާގެ ގޮނޑިއަށް، މާތް ﷲ ގެ ވާގިފުޅާ އެކު އަޅުގަނޑު ކުރިމަތިލުމަށް ޤަޞްދު ކުރާ ވާހަކަ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ މަޢުލޫމާތަށްޓަކާ… pic.twitter.com/qfwfGTBwqj
— faris ???????? ???????? (@afarismaumoon) October 16, 2023
ފާރިސް މައުމޫން އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ. ފާރިސް 18 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ ދިއްގަރު ދާއިރާއިންނެވެ.
ފާރިސް ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާފައި އެވެ. އެގޮތުން ރިޔާސީ އިންތިިހާބުގައި ފާރިސްއަށް ލިބިވަޑައިގެންނެވީ 2،979 ވޯޓެވެ. އެއީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލި މީހުންގެ 1.35 އިންސައްތަ ވޯޓެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ