ބިލެއްދޫގެ އައު އިންޖީނުގެ ހުޅުވައިދެއްވައިފި

ފ. ބިލެއްދޫގައި ފެނަކައިން ޤާއިމު ކުރި އައު އިންޖީނުގެ އާއި އިންޖީނުގޭގެ އޮފީސް އިމާރާތް ހުޅުވައިދެއްވައިފިއެވެ.
މި ދެތަން ހުޅުވައިދެއްވީ، އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.
މިއަދު ހުޅުވި ބިލެއްދޫ އިންޖީނުގެއަކީ މީގެ އަހަރެއްހައި ދުވަސް ކުރިން މަސައްކަތް ފެށި ތަނެކެވެ.
އެ ރަށުގައި ހުޅުވި ފެނަކައިގެ އައު އޮފީހަކީ ކުރީގެ ބާ އޮފީހާއި އަޅާބަލާއިރު ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އޮފީހެކެވެ.
ރައީސް ޞާލިހު ބިލެއްދޫއަށް ވަޑައިގެންފައިވަނީ، ފ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ