ސްޓެލްކޯގެ މައި ކޭބަލަކަށް ގެއްލުންވެ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ ފޭސް ދޭކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ ވިނަރެސް ފްލެޓްތަކާއި ދިމާލުން ކޮނުމުގެތެރޭ ޑިސްޓްރުބިއުޝަން މައި ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށެވެ.
އަދި މިމައްސަލަ ހައްލުކޮށް ވީހާވެސް ކަރަންޓުގެ ޚިދުމަތް ހުރިހާ ތަނަކަށް އަލުން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ކޭބަލް ރަނގަޅު ކުރެވޭނެ ގޮތްތައް ބަލަމުން ދަނީ މިހާރު. އިރުކޮޅެއްތެރޭ ހޭދަވާނެ ވަގުތު އިންފޯމްކޮށްލަދޭނަން."
ސްޓެލްކޯ އިން ބުނީ ދެވަނަ ފިޔަވަހީގެ ބޮޑު ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓު ދެވިފައިވާ ކަމަށެވެ. ގެއްލުން ވެފައިވާ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެކޭބަލާއި ގުޅިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމަށް 2 ގަޑި އިރެއްހާއިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
ކޭބަލަށް ލިބުނު ގެއްލުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން މިހާރު ކަރަންޓުގެ ހިދުމަތް ނުލިބިވާނީ ގެއްލުން ލިބުނު ކޭބަލާއި ގުޅިފައިވާ ހިޔާގެ ޓަވަރު 1 އިން 8 އަށް."
ސްޓެލްކޯ އިން ބުނީ ހުޅުމާލޭގައި ކޮނުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރުންނަށް ކޭބަލް ރޫޓްތަކާއި ގުޅުންހުރި ހުރިހާ މައުލުމާތެއް ވާނީ ފޯރުކޮށްދީފައި ކަމަށެވެ.
މައި ކޭބަލަކަށް ގެއްލުންވެ ފޭސް ދޭކުން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ